- Advertisement -ad image

ހަތަރު ރަށެއްގެ ކައުންސިލު ބައި-އިލެކްޝަން އަންނަ މަހުގެ 27 ގައި ބާއްވަނީ

ad image

ގުޅުންހުރި ލިޔުންތައް

ހަތަރު ރަށެއްގެ ކައުންސިލްގެ ބައި އިލެކްޝަން އަންނަ މަހުގެ 27 ގައި ބާއްވާ ގޮތަށް އިލެކްޝަން ކޮމިޝަން (އީސީ) އިން ނިންމައިފިއެވެ.

އީސީން އާއްމުކޮށްފައިވާ އިއުލާނެއްގައި ބުނީ ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް 8 ވަނަ އިސްލާހު ގެނައުމުގެ ގާނޫނުގެ 15 ވަނަ މާއްދާގައި ބަޔާންކޮށްފައިވާގޮތަށް ހަތަރު ރަށެއްގެ ކައުންސިލުގެ ބައި އިލެކްޝަން ބާއްވާ ގޮތަށް ހަމަޖެހިފައިވާ ކަމަށެވެ.

އެ ބައި އިލެކްޝަނަކީ ބ. ފެހެންދޫ ކައުންސިލްގެ އަންހެން މެންބަރު އިންތިހާބު ކުރުމަށާއި ވ. ރަކީދޫ، ފ. ދަރަނބޫދޫ އަދި ގދ. މަޑަވެލި ކައުންސިލް މެންބަރު އިންތިހާބު ކުރުމަށް ބާއްވާ ބައި އިލެކްޝަނެކެވެ.

އެ ހަތަރު ރަށުގެ ކައުންސިލްގެ މެމްބަރުގެ މަގާމަށް ކުރިމަތިލާން ބޭނުންވާ ފަރާތްތަކަށް މިމަހުގެ 27 ވާ ބުދަ ދުވަހުގެ ދެއެއް ޖެހުމުގެ ނިޔަލަށް ހުޅުވާލާފައިވާ ކަމަށް އީސީން ބުންޏެވެ.

ލޯކަލް ކައުންސިލްތަކުގެ އިންތިހާބަށް ކުރިމަތިލާ މީހެއްގައި އަންނަނިވި ޝަރުތުތަކުގެ ތެރޭގައި، ދިވެހި ރައްޔިތަކަށްވުމާއި، އުމުރުން 18 އަހަރު ފުރިފައިވާ މީހަކު ކަމުގައިވުމާއި އަދާކުރާންޖެހޭ ސާބިތު ދަރަންޏެއް އޮތް މީހަކުނަމަ، ހުކުމާ އެއްގޮތަށް އެ ދަރަނި އަދާކުރަމުންދާ މީހަކު ކަމުގައިވުން ހިމެނެއެވެ. އަދި އެއްވެސް ޖިނާއީ ކުށެއް ކުރިކަން ޝަރީއަތަށް ސާބިތުވެ، ހުކުމެއް ތަންފީޒުކުރަމުންދާ މީހަކު ކަމުގައި ނުވުންވެސް ހިމެނެއެވެ.

އިންތިހާބަށް ކުރިމަތިލާ މީހާގެ ދަރަނީގެ ރެކޯޑާއި، ކުށުގެ ރެކޯޑަކީ މިއަދުގެ ފަހުން ސާފުކޮށްފައިވާ ރެކޯޑަކަށް ވާންވާނެއެވެ. ބ. ފެހެންދޫ ކައުންސިލްގެ އަންހެން މެންބަރުގެ މަގާމަށް ކުރިމަތިލެވޭނީ ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ގަވާއިދުގެ 14 ވަނަ މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ ގޮތަށް އަންހެނުންނަށް އެކަންޏެވެ. އިންތިހާބަށް ކުރިމަތިލާން އެދޭ ފޯމް އީސީގެ ވެބްސައިޓުން ލިބެން ހުންނާނެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ