- Advertisement -ad image

ބަލިމީހާއަށް ގުޅީ ސީދާ ސީއީއޯ ހީނާ، ފަރުވާގެ ކަންކަން ހަމަޖެއްސުމުގައި އެހީވެދޭނެ!

ad image

ގުޅުންހުރި ލިޔުންތައް


ކެންސަރަށް ފަރުވާ ހޯދަމުންދާ ސ.ފޭދޫ/ސީމާ (ފާތިމަތު ޝާމިލާ) އަށް ސީދާ އެންސްޕާގެ ސީއީއޯ ހީނާ ވަލީދު ފޯނުން ގުޅައި ހާލު އޮލުންފިލުވާ ފަރުވާގެ ކަންކަން ހަމަޖައްސައިދީފިއެވެ.
ހީނާ މިއަދު ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އޭނާ މިއަދު ޝާމިލާއަށް ފޯނުން ގުޅާ ޙާލު އޮޅުންފިލުވި ކަމަށާއި ފަރުވާގެ ކަންކަން ކުރިއަށް ގެންދަން ޝާމިލާ ބޭނުންވާ ގޮތް އޮޅުން ފިލުވި ކަމަށެވެ.
އަދި އެގޮތަށް ފަރުވާ ކުރިއަށް ގެންދިއުމުގައި އެންސްޕާއަށް ދެވެން ހުރި ހުރިހާ އެހީތެރިކަމެއް ފޯރުކޮށްދޭނެ ކަމުގެ ޔަގީންކަންދީފައިވާ ކަމަށްވެސް ހީނާ ވިދާޅުވިއެވެ.
“ ސަރުކާރުގެ އަމާޒަކީ އެއްވެސް މީހަކު ހަވާސާ ނުކޮށް, ނިޒާމްގެ ތެރެއިން އަޅާލުމާ އޯގާތެރިކަމާއި ލޯތްބާއެކު އެހީތެރިކަން ފޯރުކޮށް ދިނުން “ ހީނާ ކުރެއްވި ޕޯސްޓްގައިވެއެވެ.
ހީނާ ވިދާޅުވީ ސަރުކާރުން ކޮންމެ ދިވެހިރައްޔިތެއްގެވެސް އަޑުއަހާނެ ކަމަށާއި އަދި އެބޭފުޅަކަށް ކޮށްދެވެން ހުރި ކަންކަން ކޮށްދިނުމަށް އިސްކަންދީ އެއްބާރުލުން ދޭނެ ކަމަށެވެ.

ޝާމިލާ ބުނެފައިވަނީ އޭނާގެ މޭމައްޗަށް މި އަހަރު ޖެނުއަރީ 25 ވަނަ ދުވަހުގެ ވަގުތެއްގައި ކުއްލިއަކަށް އެރި ތަދަކުން ޑޮކްޓަރަކަށް ދައްކާ ޓެސްޓްތައް ހެދުމުން އެނގުނީ، މޭމަތީގެ ކެންސަރަށް ޕޮސިޓިވްވެފައިވާ ކަމަށެވެ. އަދި ހަމަ އެއާއިއެކު އެމަޖެންސީކޮށް ފަރުވާ ފަށަން ޖެހޭކަމަށާއި، ކެންސަރު ޖެހިފައިހުރީ ސްޓޭޖް -2 ގައި ކަމަށް ޑޮކްޓަރ ބުނެފައިވާ ކަމަށެވެ. އެހެންކަމުން ވީހާވެސް އަވަހަށް ސަރޖަރީ ކުރަންޖެހޭ ކަމަށް ޑޮކްޓަރ އެންގުމާއިއެކު، ފެބުރުއަރީ 01 ވަނަ ދުވަހު މިކަމަށް ކުރަންޖެހޭ ސަރޖަރީގެ ކުރިން ހަދަންޖެހޭ އެންމެހާ ޓެސްޓްތައް ހެދުމަށް އަމިއްލަ އަތުން ވަރަށް ބޮޑެތި ޚަރަދުތަކެއް ކުރެވިފައިވާ ކަމަށެވެ. އަދި އެމެޖެންސީކޮށް ޓެސްޓްތައް ހެދުމަށްފަހު ހަމަ އެދުވަހުގެ ވަގުތެއްގައި ސާޖަރީކޮށް، ކަނާތްފަރާތު އުރަމަތީގައި ގިނަ އަދަދަކަށްހުރި ލިންފް ނޮޑްސްތައްވެސް ރިމޫވް ކުރެވުނެ ކަމަށެވެ.
“ މި ސަރޖަރީއަށްފަހު މަރޗް 11 ވަނަ ދުވަހު ވަނީ ކީމޯ ތެރަޕީ ދޭން ފަށާފައެވެ. އެގޮތުން ޖުމްލަ 8 ކީމޯތެރަޕީ އާއި އެކު 15 ރޭޑިއޭޝަން ދޭން ޖެހޭކަމަށް ޑޮކްޓަރ ބުނެފައިވެއެވެ. ޑޮކްޓަރ ބުނެފައިވަނީ، މި ކެންސަރު ހުރި މިންވަރުން އަޅުގަނޑަށް ދޭންޖެހޭނީ އެންމެ ހައި ޑޯޒްގެ ކީމޯ ތެރަޕީކަމަށް “ ޝާމިލާ ބުނެފައިވެއެވެ.
ޝާމިލާ ބުނީ ވަރަށްވެސް ވޭންހުރި މި ބަލީގެ ފަރުވާ ކުރިޔަށް ގެންދިއުމަށް، އާސަންދައަށް ހުށަހަޅެމުން މި ބައްޔަށް ބޭސް ކުރަން އެޑްމިޓް ކުރުމުން ބޭސްފަރުވާގެ ކަންކަން އާސަންދައިގެ ދަށުން ކުރެވޭނެ ކަމަށް ބުނެފައިވާ ކަމަށެވެ. ނަމަވެސް ލަންކާގައި ކުރެވުނު ހިތި ތަޖުރިބާގެ ސަބަބުން، މި ފަރުވާ ދެން ކުރިޔަށް ގެންދަން ބޭނުންވަނީ އިންޑިއާގައި އެހެންނަމަވެސް ފަރުވާއަށް ބޭނުންވާ ބޭސް ގަތުމާއި، ހުރުމާއި ކެއުންފަދަ އިންސާނަކަށް ބޭނުންވާ ޒަރޫރީ ބޭނުންތައް ފުއްދުމަށާއި އެހެނިހެން ޚަރަދުތައްވެސް ކުރަން ޖެހޭނީ އަމިއްލަ ޚަރަދުގައި ކަމަށެވެ. ޝާމިލާ ބުނީ މި ބަލީގައި 1 އަހަރުވެގެންދާއިރު މާލީ ގޮތުން އެތައް ހޭދައެއްވެސް ކުރެވިފާއިރު، މި ކަންކަން ކުރުމަށް މާލީ ހާލަތު އެއްވެސް ވަރަށް ތަނެއް ނުދޭ ކަމަށާއި މާލީ ހާލަތު އެހާދަށްވެ ނަފްސާނީ ގޮތުން ބަލިބޮޑުވެ، ޑިޕްރެޝަނަށް ގޮސް، މިއަދު މިވަނީ ވަރަށްވެސް ބޮޑު ދަތި އަދި އުނދަގޫ ވޭންހުރި ހާލަތަކަށް ގޮސްފައި ކަމަށެވެ. މިކަންކަން މިހެން ހުރުމާއި އެކު، އޭނާގެ ހާލަތާއި މެދު ފުންކޮށް ވިސްނާލުމަށްފަހު، ވެދެވެން އޮތް މާލީ އެހީތެރިކަމުގެ އަތެއް ދިއްކޮލުމަކީ ވަރަށް ބޮޑު އެދުމެއް ކަމަށްވެސް ޝާމިލާ ބުނެފައިވެއެވެ.
ޝާމިލާގެ އެކައުންޓް ނަމްބަރަކީ؛ 7701149818101
ފާޠިމަތު ޝާމިލާ ޝާކިރު

+960 9193711 ޝާމިލާގެ ފޯނު ނަމްބަރު.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ