- Advertisement -ad image

 ބޯންމެރޯ ޓްރާންސްޕްލާންޓް ހެދުމަށް އިތުރު ކުއްޖަކު މިއަދު ފުރައިފި

ad image

ގުޅުންހުރި ލިޔުންތައް

ތެލެސީމިއާ ކުދިންނަށް ފަރުވާދިނުމާއި އަދި ތެލެސީމިއާ ކޮންޓްރޯލްކުރުމަށް މި ސަރުކާރުން ވެފައިވާ ވައުދުގެ ދަށުން މިއަދު 01 ކުއްޖަކު ބޯންބެރޯ ޓްރާންސްޕްލާންޓް ހެދުމަށް ރާއްޖެއިން ބޭރަށް ފުރުވާލައިފިއެވެ. އަދި ކުރިއަށް އޮތް ހަފުތާގެ ތެރޭގައި އިތުރު 04 ކުއްޖަކު ފޮނުވުމުގެ މަސައްކަތް ވެސް ދަނީ ކުރަމުން ކަމަށް ހެލްތް މިނިސްޓްރީން ހާމަކުރެއެވެ. 

ތެލަސީމިއާ ބައްޔަށް އޮތް ދާއިމީ ހައްލަކީ ބޯންމެރޯ ޓްރާންސްޕްލާންޓޭޝަން ހެދުން ކަމަށްވާއިރު، މި ފަރުވާ ހޯދުމުގައި ދިގު މުއްދަތަކަށް ޚާއްސަ ސަމާލުކަމެއްދީގެން ކުއްޖާ ބަލަހައްޓަންޖެހެއެވެ.

އެގޮތުން ހޮސްޕިޓަލުން ދޭ އިރުޝާދުތަކަށް އެއްބާރުލުން ދީ، ބޯންމެރޯ ޓްރާންޕްލާންޓްކޮށް، ރާއްޖެ އައުމަށްފަހުގައިވެސް ޤަވާއިދުން ހަދަންޖެހޭ ޓެސްޓްތައް ހެދުމަށާއި، ޑޮކްޓަރަށް ދެއްކުމަށް މޯލްޑިވިއަން ބްލަޑް ސަރވިސް (އެމް.ބީ.އެސް) އިންވަނީ އިލްތިމާސްކޮށްފައެވެ.

ބޯންމެރޯ ޓްރާސްޕްލާންޓް ހެދުމުގެ އިތުރުން ތެލެސީމިއާ ކުދިންނަށް ބޭނުންވާ ފަރުވާ އާއި ބޭސް ވީހާވެސް ލުއި ފަސޭހަ ގޮތެއްގައި ފޯރުކޮށްދިނުމަކީ މިސަރުކާރުގެ އެއް އަމާޒެވެ. އެގޮތުން  ތެލެސީމިއާ ކުދިންނަށް ފަރުވާދިނުމަށް ޚާއްސަކޮށް ހޮސްޕިޓަލެއް ޤާއިމުކުރުމަށްޓަކައި، އެ ހޮސްޕިޓަލްގެ ޑިޒައިންއާއި އެހެނިހެން އެޑްމިނިސްޓްރޭޓިވްގެ މަސައްކަތްތަކާއި ގުޅޭގޮތުން މަޝްވަރާތަކެއް ވަނީ ފަށާފައެވެ. 

އަދި ތެލިސީމިއާ ބައްޔަށް ފަރުވާ ހޯދާ ފަރާތްތަކަށް އާސަންދައިގެ ދަށުން އެސްޓީއޯއިން ހިލޭ ބޭސް ލިބޭނެ އިންތިޒާމް ވެސް ސަރުކާރުން ވަނީ ހަމަޖައްސަވާފައެވެ. މި އިންތިޒާމްގެ ތެރެއިން މާލެ އާއި އަތޮޅުތެރެއިން ތެލެސީމިއާ ބައްޔަށް ފަރުވާ ހޯދުމުންދާ ފަރާތްތަކަށް ބޭހާއި އެހެނިހެން ކޮންސިއުމަބަލްސް ލިބިގެންދާނެއެވެ. 

ތެލަސީމިއާ ބަލީގައި 650 ކުދިން މިހާރުވެސް ރާއްޖޭގެ އެކި ސަރަހައްދުތަކުން ފަރުވާ ހޯދަމުންދެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ