- Advertisement -ad image

ފައިލޭރިޔާ ބަލި ޖެހިފައިވާ 17 ބިދޭސީން ކުޅުދުއްފުށިން ފެނިއްޖެ

ad image

ގުޅުންހުރި ލިޔުންތައް


މީގެ އަހަރުތަކެއް ކުރިން ނައްތާލާފައިވާ ބައްޔެއްކަމަށްވާ ފައިލޭރިއާގެ ކޭސްތަކެއް ރާއްޖެއިން ފެނިއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ، އެޗްޕީއޭ އިން ވިދާޅުވީ، މިމަހުގެ 1 އަދި 2 ވަނަ ދުވަހު ކުޅުދުއްފުށީގައި ހިންގި ބިދޭސީ މަސައްކަތްތެރިންގެ ސްކްރީނިންގ ކެމްޕެއިނުގެ ތެރޭގައި ޓެސްޓް ކުރެވުނު ބައެއް ބިދޭސީ މަސައްކަތްތެރިންގެ ތެރެއިން ފައިލޭރިއާއަށް ޕޮޒިޓިވެފައިވާ ބަޔަކު ފެނިފައިވާކަމަށެވެ.

އެ ބަލިޖެހިފައިވާ މީހުންނަކީ ފައިލޭރިއާ މިހާރުވެސް ފެންނަމުންދާ ސަރަހައްދުތަކުން އައިސްފައިވާ ބައެއްކަމަށް އެޗްޕީއޭއިން ވިދާޅުވިއެވެ. މިއާއެކު އެރަށުގައި އިތުރު ބިދޭސީން ސްކްރީން ކުރުމުގެ މަސައްކަތް، އެ އެޖެންސީގެ ލަފާގެ މަތިން ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުން ކުރިއަށް ގެންގޮސްފައިވާކަމަށް އެޗްޕީއޭއިން ވިދާޅުވިއެވެ.

މިހާތަނަށް ކުރެވުނު ޓެސްޓުތަކުން 17 މީހަކު މި ބައްޔަށް ޕޮޒިޓިވްވެފައިވެއެވެ.

އެޗްޕީއޭއިން ވިދާޅުވީ މިހާތަނަށް ޕޮޒިޓިވްވެފައިވާ މީހުންގެ ބަލި ހުރިތޯ ޔަޤީން ކުރުމަށް އިތުރު ޓެސްޓު ހެދުމާއި، މި ޓެސްޓުން ޕޮޒިޓިވްވާ މީހުންނަށް ދޭންވާ ފަރުވާގެ ކަންކަން އިންތިޒާމު ކުރަމުން އަންނަކަމަށެވެ. އަދި މިކަމާއިގުޅިގެން އިތުރަށް ބަލަންޖެހޭ ކަންކަން ދެނެގަތުމަށް ދުނިޔޭގެ ސިއްޙަތު ޖަމްޢިއްޔާއާއެކު މަޝްވަރާކުރަމުންދާކަމަށްވެސް އެޗްޕީއޭއިން ވިދާޅުވިއެވެ.

“ފައިލޭރިއާ” އަކީ މަދިރީގެ ޒަރީއާއިން ޖެހޭ ބައްޔެކެވެ. މި ބަލި ޖެހުމުން ހަށިގަނޑުގެ ގުނަވަންތަކުގެ ސިފަތަކަށް ބަދަލުއާދެއެވެ. އައިބުވާ މިންވަރަށް ސިފަ ބަދަލުވާއިރު، ގިނައިން މި އައިބުކަން ފެންނަނީ ފައިން ކަން ފާހަގަކޮށްލަންޖެހެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ