- Advertisement -ad image

ވެރިކަންކުރާ ޕީއެންސީ އާއެކު ފައިސާ ލިބޭނީ ހަ ޕާޓީއަކަށް

ad image

ގުޅުންހުރި ލިޔުންތައް


ދައުލަތުގެ ބަޖެޓުން ފައިސާ ލިބޭ ޢަދަދަށް މެންބަރުން ހަމަވަނީ 6 ސިޔާސީ ޕާޓީއެއްގައިކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅައިފިއެވެ.

އިލެކްޝަންސް ކޮމިޝަނުގެ ނައިބު ރައީސް އިސްމާޢީލް ޙަބީބު ވިދާޅުވީ އަންނަ އަހަރުގެ ދައުލަތުގެ ބަޖެޓް ފާސްކުރި ދުވަހާ ހަމަޔަށް ދިހަހާސް މެންބަރުން ހަމަވަނީ 6 ސިޔާސީ ޕާޓީއެއްގައިކަމަށެވެ. އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު ފާސްކުރީ އިއްޔެއެވެ.

ސިޔާސީ ޕާޓީތަކުގެ ޤާނޫނުގައިވާ ގޮތުން ސިޔާސީ ޕާޓީތަކުގެ ތެރެއިން ދައުލަތުގެ ބަޖެޓުގެ 0.01 އިންސައްތަ ފައިސާ ސިޔާސީ ޕާޓީތަކަށް ދޫކުރަންޖެހެއެވެ. މިއަދަދަށް ފައިސާ ދޫކުރާނީ ސިޔާސީ ޕާޓީތަކުގެ ތެރެއިން 10،000 މެމްބަރުން ހަމަވާ ޕާޓީތަކަށެވެ. އަދި ޕާޓީތަކަށް ފައިސާ ދޫކުރުމުގައި އިލެކްޝަނުން ބަލާފައިވަނީ ބަޖެޓް ފާސްކުރިއިރު 10،000 މެމްބަރުން ހަމަވާ ޕާޓީތަކަށެވެ.
އެގޮތުން 2024 ވަނަ އަހަރަށް ފާސްކުރި ބަޖެޓުން ފައިސާ ލިބޭނީ، ޕީޕީއެމް، ޕީއެންސީ، އެމްޑީޕީ، ޖޭޕީ، އެމްޑީއޭ އަދި އަދާލަތު ޕާޓީއަށެވެ.
ފައިސާ ލިބޭ ލިސްޓުގައި އަލަށް ހިމެނުނު ޕާޓީއަކީ ކޮންގްރެސް ޕާޓީ ނުވަތަ ޕީއެންސީއެވެ.
ވެރިކަންކުރާ ޕާޓީ، ޕީއެންސީގައި މިއަހަރުގެ ފެބުރުވަރީ 21ގެ ނިޔަލަށް ތިބީ 3159 މެންބަރުންނެވެ. ނަމަވެސް ރިޔާސީ އިންތިޚާބު ކާމިޔާބުކުރެވުމާއި ގުޅިގެން އެޕާޓީއަށް މެންބަރުން އިތުރުކުރުމަށް އިސްކަންދެއްވައިގެން ޚާއްޞަ މަސައްކަތްތަކެއް ކުރެއްވިއެވެ.

ޕީއެންސީން ބުނެފައިވަނީ އެ ޕާޓީގެ ޢަމާޒަކީ މިއަހަރު ނިމުމުގެކުރިން ތިރީސް ހާސް މެންބަރުން ހަމަކުރުންކަމަށެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ