ރާއްޖޭގައި ބަރަހަނާ ވެބްސައިޓުތަކަށް ނުވަދެވޭނެ ގޮތް ހައްދަވައި، އެކަން ކުރެއްވި ފުރަތަމަ ވެރިޔަކަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވެވަޑައިގެންފިއެވެ.
ރާއްޖޭގައި ބަރަހަނާ ވެބްސައިޓްތަކަށް ނުވަދެވޭ ގޮތް ސަރުކާރުން މިހާރު ހަދާފައިވާއިރު ރާއްޖޭގެ އެއްވެސް ނެޓްވޯކެއް މެދުވެރިކޮށް އެ ފަދަ އެއްވެސް ވެބްސައިޓަކަށް ދެން ނުވަދެވޭނެއެވެ.
މިއީ މިފަަދައިން ރާއްޖޭގައި ޢަމަލުކުރަން ފެށި ފުރަތަމަ ފަހަރެވެ.
ސަރުކާރުގެ އިސް ވެރިއަކާއި ހަވާލާދީ މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުން ރާއްޖޭގައި ބަރަހަނާ ސައިޓްތަކަށް ނުވަދެވޭ ގޮތަށް ހުރިހާ ސައިޓެއް ބްލޮކްކުރަން ބުރާސްފަތި ދުވަހު ވަނީ ކޮމިއުނިކޭޝަންސް އޮތޯރިޓީ އޮފް މޯލްޑިވްސް (ކޭމް)އަށް އަންގާފައެވެ.
މިކަމާއި ގުޅޭ ގޮތުން ރަސްމީ އެއްވެސް އިދާރާގެ ބަހެއް އަދި ލިބޭ ގޮތެއް ނުވެއެވެ. އެހެން ނަމަވެސް މިފަދަ ސައިޓްތަކަށް މިހާރު ނުވަދެވެއެވެ. މިފަދަ ވެބްސައިޓުތަކަށް މިއަދުން ފެށިގެން އެކްސެސް ކަނޑާލާފައިވާކަން އޮފިޝަލް ކަށަވަރުކޮށްދެއްވިއެވެ.




މިސަރުކާރަށްތިޔަކުރެވުނީރަނގަޅުކަމެއް