- Advertisement -ad image

މާލޭގެ މޭޔަރުކަމަށް ވާދަކުރައްވާ ކެންޑިޑޭޓުންގެ ނަންތައް ތަރުތީބުކޮށްފި

ad image

ގުޅުންހުރި ލިޔުންތައް


މާލޭ ސިޓީއަށް މޭޔަރަކު ހޮވުމަށް ބާއްވާ ބައި-އިލެކްޝަންގައި ވާދަކުރައްވާ ކެންޑިޑޭޓުންގެ ނަންތައް ރަސްމީކޮށް އިޢުލާނުކޮށް، ކެންޑިޑޭޓު ނަންބަރު ތަރުތީބުކޮށްފިއެވެ.

މޭޔަރުކަމަށް ވާދަކުރައްވާ ކެންޑިޑޭޓުންގެ ނަންތައް ތަރުތީބުކޮށްފައިވަނީ، އެކަމަށްޓަކާ ދަރުބާރުގޭގަައި މިއަދު ބޭއްވި ރަސްމިއްޔާތުގައެވެ.

މޭޔަރު އިންތިޚާބުގެ އިތުރުން، މި ރަސްމިއްޔާތުގައި ވަނީ މާލެ ސިޓީ ކައުންސިލުން ހުސްވެފައިވާ 3 ގޮނޑިއަށް ވާދަކުރައްވާ ކެންޑިޑޭޓުންގެ ނަންތައް ރަސްމީކޮށް އިޢުލާނުކޮށް، ކެންޑިޑޭޓު ނަންބަރު ކަނޑައެޅުމަށް ގުރުއަތުލާފައެވެ. މާލެ ސިޓީ ކައުންސިލުން ގޮނޑި ހުސްވެފައިވާ 3 ދާއިރާއަކީ ހެންވޭރު ދެކުނާއި، މާފަންނު ދެކުނުގެ އިތުރުން މެދު ހެންވޭރެވެ.
ކެންޑިޑޭޓް ނަންބަރު 1: ޝުޢައިބު ޢަލީ/ އަމިއްލަ ގޮތުން
ކެންޑިޑޭޓް ނަންބަރު 2: ޙުސައިން ވަހީދު / އަމިއްލަ ގޮތުން
ކެންޑިޑޭޓް ނަންބަރު 3: ޢާއިޝަތު ޢާޒިމާ ޝަކޫރު / ޕީއެންސީ
ކެންޑިޑޭޓް ނަންބަރު 4: އާދަމް ޢާޒިމް / އެމްޑީޕީ
ކެންޑިޑޭޓް ނަންބަރު 5: ސައިފް ފާތިހު / ދަ ޑިމޮކްރެޓްސް
މާލެ ސިޓީ މޭޔަރުކަމަށާއި، މާލެ ސިޓީ ކައުންސިލުން ހުސްވެފައިވާ 3 ގޮނޑިއަށް ކުރިމަތިލުމަށް އިލެކްޝަންސް ކޮމިޝަނުން ހުޅުވާލީ ނޮވެންބަރުމަހުގެ 28 ގައެވެ. މުއްދަތު ދީފައިވަނީ މިމަހުގެ 13 އާއި ހަމައަށެވެ.

މާލެ ސިޓީއަށް މޭޔަރަކު ހޮވުމާއި، ކައުންސިލަށް 3 މެންބަރުން ހޮވުމަށް ބާއްވާ ބައި-އިލެކްޝަން އޮންނާނީ އަންނަ ޖެނުއަރީމަހުގެ 13 ވަނަ ދުވަހުއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ