- Advertisement -ad image

މިއަދު ބޭއްވި ބައި-އިލެކްޝަންގެ ތިން ގޮނޑި ޕީޕީއެމުން ކާމިޔާބުކޮށްފި

ad image

ގުޅުންހުރި ލިޔުންތައް


މިއަދު ބޭއްވި 4 ބައި-އިލެކްޝަންގެ ތެރެއިން، 3 ގޮނޑި ޕީޕީއެމްއިން އަދި 1 ގޮނޑި އަމިއްލަގޮތުން ވާދަކުރި ކެންޑިޑޭޓް ކާމިޔާބުކޮށްފިއެވެ.

ބައި އިލެކްޝަންގެ ވޯޓުލުން ކުރިއަށްގެންދިޔައީ މިއަދު ހެނދުނު 8 އިން ހަވީރު 4އަށެވެ. އިލެކްޝަންސް ކޮމިޝަނުންވަނީ މިގޮނޑިތަކުގެ ވަގުތީ ނަތީޖާ ހާމަކޮށްފައެވެ.

އެގޮތުން ހއ. ކެލާ ކައުންސިލްގައި އަންހެނުންނަށް ޚާއްސަކޮށްފައިވާ ގޮނޑިއާއި، ނ. މާފަރު ކައުންސިލްގައި އަންހެނުންނަށް ޚާއްސަކޮށްފައިވާ ގޮނޑިއާއި، ނ.މާފަރު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ހުސްވެފައިވާ ގޮނޑިއަށް އިންތިޚާބުވެފައިވަނީ ޕްރޮގްރެސިވް ކޯލިޝަން އޮފް މޯލްޑިވްސް ޕީޕީއެމްގެ ކެންޑިޑޭޓުންނެވެ. އދ.ހަންޏާމީދޫގެ ކައުންސިލުން ހުސްވެފައިވާ މެންބަރުގެ ގޮނޑިއަށް ހޮވިފައިވަނީ އަމިއްލަގޮތުން ވާދަކުރި ކެންޑިޑޭޓެވެ.
އިލެކްޝަންސް ކޮމިޝަނުން އިޢުލާންކޮށްފައިވާ ވަގުތީ ނަތީޖާއިން ދައްކާގޮތުގައި ހއ. ކެލާ ކައުންސިލްގެ އަންހެން މެމްބަރު އިންތިޚާބު ކުރުމަށް ބޭއްވި ބައި އިލެކްޝަން ކާމިޔާބުކުރީ ޕީޕީއެމްގެ ކެންޑިޑޭޓް ޚަދީޖާ މަޢުރިފާއެވެ. އޭނާއަށް ލިބުނީ 402 ވޯޓެވެ. ނ.މާފަރު ކައުންސިލްގެ ބައި އިލެކްޝަން ކާމިޔާބުކުރީ ޕީޕީއެމްގެ ކެންޑިޑޭޓް މުހައްމަދު އަބޫބަކުރުއެވެ. އޭނާއަށް ލިބުނީ 239 ވޯޓެވެ. އދ.ހަންޏާމީދޫގެ ބައި އިލެކްޝަން ކާމިޔާބުކުރީ އަމިއްލަ ގޮތުން ވާދަކުރި ކެންޑިޑޭޓް މުހައްމަދު ޔާސިރުއެވެ. އޭނާއަށް ލިބުނީ 212 ވޯޓެވެ. ނ.މާފަރު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ބައި އިލެކްޝަން ކާމިޔާބުކުރީ ޕީޕީއެމްގެ ކެންޑިޑޭޓް މަރިޔަމް ޝާތިރާއެވެ. އޭނާއަށް ލިބުނީ 217 ވޯޓެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ