- Advertisement -ad image

ކްރޫޒްލައިނާތަކަށް ދިމާވާ ދަތިތައް ހައްލުކުރުމުގެ މަސައްކަތް ފަށައިފިން: މިނިސްޓަރ ފައިސަލް

ad image

ގުޅުންހުރި ލިޔުންތައް

ކްރޫޒްލައިނާތަކާއި ގުޅޭގޮތުން މިދިޔަ ސަރުކާރުން ހަދާފައިވާ ޤާނޫނު އިސްލާހުކުރުމުގެ މަސައްކަތް ކުރަމުންދާކަމަށް ފަތުރުވެރިކަމާބެހޭ މިނިސްޓަރު އިބްރާހީމް ފައިޞަލް ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މިހެން ވިދާޅުވީ، ކްރޫޒްޝިޕްތަކުގެ ވަކިވަކި ފަސިންޖަރުން ހޭދަކުރާ ކޮޓަރިތަކުން ޖީއެސްޓީ ނެގޭ ގޮތަށް މިދިޔަ ސެޕްޓެމްބަރު މަހު ސޯލިހުގެ ސަރުކާރުން ގަވައިދަށް ގެނައި ބަދަލަށް އަމަލުކުރަން ފެށުމުން ކްރޫޒްލައިންތައް ރާއްޖެ އައުމަށް ހުރަސްއެޅުމުންނެވެ.

މިދިޔަ ސެޕްޓެމްބަރު މަހު އާންމުކުރި އައު ގަވައިދާއެކު، ކޮންމެ ކޮޓަރިއެއްގައި ފަސިންޖަރުން ހޭދަކުރާ ދުވަހެއްގެ ރޭޓުން ޖީއެސްޓީއަށް 16 ޕަސެންޓު ދައްކަން ޖެހެއެވެ. މިއާއެކު ރާއްޖެ އަންނަން ބުކިން ހައްދާފައިވާ ބޮޑެތި ކްރޫޒްލައިންތަކުން ދަނީ އެހެން މަންޒިލްތަކަށް ޑައިވަރޓްކުރަމުންނެވެ.

މިކަމާއި ގުޅިގެން ޓުއަރިޒަމް މިނިސްޓަރު އިބްރާހީމް ފައިޞަލް ވިދާޅުވީ، ކްރޫޒްލައިނާތަކާ ގުޅޭގޮތުން މިދިޔަ ސަރުކާރުން ހަދާފައިވާ ޤާނޫނު އިސްލާހު ކުރުމުގެ މަސައްކަތް މިހާރު ކުރަމުންދާކަމަށެވެ. އަދި ދާދިއަވަހަށް މިހާރު ކުރިމަތިވެފައިވާ ދަތިތަކަށް ހައްލެއް ލިބިގެންދާނެކަމުގެ ޔަޤީންކަންވެސް މިނިސްޓަރު ވަނީ ދެއްވާފައެވެ.

މިދިޔަ އަހަރުވެސް 6 ކްރޫޒްލައިނެއް ރާއްޖެ އައިސްފައިވެއެވެ. ކްރޫޒްލައިންތަކުން ގިނަ އަދަދެއްގެ ފަތުރުވެރިން އަންނައިރު މިއީ ރާއްޖޭގެ އިޤްތިޞާދަށްވެސް އޭގެ ސަބަބުން ނުހަނު ފައިދާވާ ކަމެކެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ