- Advertisement -ad image

އަމީނީމަގާއި ޢިއްޒުއްދީންމަގު ގުޅޭ ކަންމަތި، އާންމުންނަށް ހުޅުވާލައިފި

ad image

ގުޅުންހުރި ލިޔުންތައް

އަމީނީމަގާއި ޢިއްޒުއްދީންމަގު ގުޅޭ ކަންމަތީގައި ކޮނެގެން ކުރަންޖެހޭ މަސައްކަތްތައް ނިމުމުން، އެމަގު މިހާރުވަނީ އާންމުންނަށް ހުޅުވާލާފައިވާ ކަމަށް ރޯޑް ޑިވޮލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީން) ބުނެފިއެވެ.

އާރުޑީސީން ބުނީ މިމަގު ހުޅުވާލި ނަމަވެސް އަމީނީމަގުގައި މިއަދުވެސް ސްޓޯރމް ވޯޓަރ މައި ހޮޅި އެޅުމާއި ސްޓޯރމް ވޯޓަރ އައުޓްފޯލް ހޮޅިއެޅުމުގެ އިތުރުން ނަރުދަމާގެ އޯވަރ ފްލޯގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ. އަދި ގޭބިސީތަކަށް ގުޅާލާ ފެންހޮޅިތަކުގެ ޕްރެޝަރ ޓެސްޓް ކުރުމާއި ކާރބް ސްޓޯން ޖެހުމުގެ މަސައްކަތް ވެސް ކުރިއަށްދާނެ ކަމަށް އާރުޑީސީން ބުނެއެވެ.

ޒަމާނީ ފެންވަރަށް އަމީނީ މަގު ތަރައްޤީ ކުރަން ކުރަމުންދާ މަސައްކަތުގެ ތެރެއިން މިހާރު ކުރިޔަށްދަނީ އެންމެ ފަހު ދެ ސެގްމެންޓްގެ މަސައްކަތެވެ. 24 ގަޑިއިރު ހުއްޓާނުލާ އާރުޑީސީގެ މުވައްޒިފުން މި މަސައްކަތް ކުރަމުންދާއިރު އަމާޒު ހިފާފައި ހުރީ ގިނަ ވެގެން 50 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާލުމަށެވެ. ހައުސިން މިނިސްޓްރީއާ ހަމައިން ފެށިގެން ހުޅަނގަށް އޮތް ބައި ހެދުމުގެ މަސައްކަތް މިހާރު ކުރިޔަށްދާއިރު, މި ދެ ސެގްމެންޓްގައި ތާރުއަޅާ މަގު ހަދާނީ އެހެން ސެގްމެންޓްތަކަށްވުރެ ފުޅާކޮށް ކަމަށް އާރުޑީސީން ބުނެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ