- Advertisement -ad image

ސިޔާސަތަކީ ގޯތިގެދޮރުގެ ދަތިކަމާއިއެކުގައި ޑިއުޓީ ބަހައިގެން ނިދަން ނުޖެހޭނެ ވަރުގެ ބޯހިޔާވެހިކަމެއް ފޯރުކޮށްދިނުން: އާޒިމާ

ad image

ގުޅުންހުރި ލިޔުންތައް

ސަރުކާރުގެ ސިޔާސަތަކީ ގޯތިގެދޮރުގެ ދަތިކަމާއިއެކުގައި ޑިއުޓީ ބަހައިގެން ނިދަން ނުޖެހޭނެ ވަރުގެ ބޯހިޔާވެހިކަމެއް ފޯރުކޮށްދިނުން ކަމަށާއި ފުރާވަރަށް އަރަމުން އަންނަ ކުދިންނަށް ގޭގައި ތަން ނެތުމުގެ ދަތިކަން ހުރުމުން ގެއިން ބޭރަށް ނިކުންނަށް ޖެހޭޖެހުން ބަދަލުކޮށްދިނުން ކަމަށް ޕީޕީއެމް/ޕީއެންސީގެ ޓިކެޓުގައި މާލޭގެ މޭޔަރު ކަމަށް ވާދަކުރައްވާ އައިޝަތު އާޒިމާ ޝަކޫރު ވިދާޅުވެއްޖެއެވެ.

ކުރީގެ ބަންޑާރަ ނައިބުކަންވެސް ކުރެއްވި އާޒިމާ ވިދާޅުވީ ރައީސް ޑރ މުއިއްޒުގެ ސަރުކާރުން އެންމެ އިސްކަމެއް ދޭނެ ސިޔާސަތަކީ މާލެސިޓީގައި ޓިއުޝަނާއި އެހެން ބޭނުމަށްޓަކައި ގޭގެ ސިޓިން ރޫމްގައި މައިންބަޕައިންނާއި އެކުގައި މަސައްކަތް ކުރެވޭނެ މާހައުލެއް ގާއިމްކޮށްދިނުން ކަމަށެވެ. އަދި ބޯހިޔާވެހިކަމަކީ ދުސްތޫރީ އަދި އަސާސީ ހައްގެއް ކަމަށާއި އެ ހައްގު ހުރިހާ އެންމެނަށް ހަމަހަމަކަމާއި ތަފާތުކަމެއް ނެތި ސާބިތުކަމާއިއެކު ފޯރުކޮށްދިނުމަކީ މައިގަނޑު ސިޔާސަތު ކަމަށް އާޒިމާ ވިދާޅުވިއެވެ.

ބޯހިޔާވެހިކަމަކީ ދުނިޔޭގެ އެކި ހިސާބުތަކުގައި ވެސް އަދި ޝަރުއީ އެކި ހުކުމްތަކުގައި ވެސް ފާހަގަކޮށްފައިވާ ހައްގަކަށްވާއިރު މި ސަރުކާރުގެ މައިގަނޑު ސިޔާސަތު ރަސްމާލެ މަޝްރޫއާއިއެކު ހާމަވެގެން ގޮސްފައިވާ ކަމަށް ވިދާޅުވިއެވެ. މުޅި ރާއްޖޭގައި ބޯހިޔާވެހިކަމަށް ބޭނުންވާ ހުރިހާ އެންމެނަށް ފޯރުކޮށްދެވޭނެ ވަރުގެ އެކަށީގެންވާ ވަރުގެ ބޯހިޔާވެހިކަމެއް އެ މަޝްރޫއުގެ ދަށުން ފޯރުކޮށްދެވިގެންދާނެ ކަމަށް ވިދާޅުވިއެވެ.

މާލޭގެ ބޯހިޔާވެހިކަމުގެ ރައްކާތެރިކަމަކީ ވަރަށް މުހިންމު ސިޔާސަތެއް ކަން ފާހަގަކުރައްވަމުން އާޒިމާ ވިދާޅުވީ މާލޭގެ ދިރިއުޅުމުގެ ރައްކާތެރިކަމަށްޓަކައި ވަކި އުސޫލީ މުވައްސަސާއެއް ގާއިމްކޮށް ދިރިއުމާއި ގެދޮރުގެ ރައްކާތެރިކަން ބެލެހެއްޓުމަށް އޮނިގަނޑެއް ފަރުމާ ކުރައްވާނެ ކަމަށެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ