- Advertisement -ad image

ކަނޑުން ގެއްލުނު ބައި ހޯދުމުގެ މަސައްކަތް ސަރުކާރުން ފަށައިފި

ad image

ގުޅުންހުރި ލިޔުންތައް

ރާއްޖޭގެ ދެކުނުގެ ކަނޑުން ގެއްލުނުކަމަށް ބުނާ ސަރަހައްދު ހޯދުމަށް، ލިޔެކިޔުންތައް ދިރާސާކޮށް، އަޅަންޖެހޭ އެންމެހާ ފިޔަވަޅުތައް އެޅުމުގެ މަސައްކަތް ދިވެހި ސަރުކާރުން ފަށައިފިއެވެ. އެކަމަށްޓަކައި ސަރުކާރުން ވަނީ މިހާރު ޤާނޫނީ ޓީމެއްވެސް އެކުލަވާލައްވާފައެވެ

މި މައްސަލައާއި ގުޅިގެން ދިވެހި ސަރުކާރުން ނެރުއްވި ބަޔާނުގައި ވަނީ، މިމައްސަލައާ ގުޅޭ ކަމާބެހޭ އެންމެހައި ލިޔެކިޔުތައް ހޯދައ،ި އެލިޔެކިޔުންތައް ދިރާސާ ކުރުމުގެ މަސައްކަތް ބަންޑާރަނައިބުގެ އޮފީހުން ދަނީ ކުރަމުންކަމަށެވެ. އަދި މިމައްސަލާގައި ނިމިދިޔަ ސަރުކާރުގެ ފަރާތުން ދައުލަތުން ގެންގުޅުއްވާފައިވާ ޤާނޫނީ ޕޮޒިޝަނާއި ޢަމަލުކުރައްވާފައިވާ ގޮތާއި ގުޅޭގޮތުން ދިވެހިރާއްޖެ އާއި ބައިނަލްއަޤްވާމީ އިސް މާހިރުންގެ ލަފާ ހޯދުމުގެ މަސައްކަތްވެސް މިހާރު ވަނީ ފަށާފައިކަމަށް ސަރުކާރުގެ ބަޔާނުގައިވެއެވެ. އަދި މި މަސައްކަތަށް ޚާއްސަ ސަމާލުކަމެއް ދީގެން އަވަހަށް ކުރިއަށް ގެންދިޔުމަށްޓަކައ،ި މިމަސައްކަތްތައް ވިލަރެސްކުރުމަށްޓަކައި ބަންޑާރަނާއިބު ވަނީ ހާއްސަ ކޮމިޓީއެއް އެކުލަވާލައްވާފައިކަމަށް ސަރުކާރުން ހާމަކުރެއެވެ.

ކޮމިޓީގައި ހިމެނިވަޑައިގަންނަވާ މެންބަރުން:

ކުރީގެ ބަންޑާރަ ނާއިބު އަލްއުސްތާޛު މުޙައްމަދު އަނިލް
މިނިސްޓްރ އޮފް ޑިފެންސްގެ ފަރާތުން ކާނަލް އަޙުމަދު މުޖުތަބާ
މިނިސްޓްރ އޮފް ފޮރިން އެފެއާރޒްގެ ފަރާތުން ސެކްރެޓަރީ، މަލްޓިލެޓެރަލް އަޙްމަދު ޝިއާން

މި މައްސަލައާ ގުޅިގެން ބަންޑާރަނައިބުގެ އޮފީހުން އެކުލަވާލާ ރިޕޯޓު ރައީސުލްޖުމްހޫރިއްޔާއަށާއި އަދި ރައްޔިތުންގެ މަޖިލީހަށް ފޮނުއްވުމަށާއި މިކަމާބެހޭ މަޢުލޫމާތު ޢާންމުކުރުމަށް ވެސް ބަންޑާރަނައިބު ނިންމަވާފައިވާކަމުގައި ނޫސްބަޔާނުގައި ވެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ