- Advertisement -ad image

އިއްޒަތްތެރި މެންބަރުންގެ މުސާރަ އެއްލައްކަ ރުފިޔާއަށް ބޮޑުކުރަން ކޮމިޓީން ފާސްކޮށްފި

ad image

ގުޅުންހުރި ލިޔުންތައް

ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ މުސާރަ އެއްލައްކަ ރުފިޔާއަށް ބޮޑުކުރަން އެމްޑީޕީގެ މެޖޯރިޓީ އޮންނަ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ފާސްކޮށްފިއެވެ. މާލިއްޔަތު ކޮމެޓީން ފާސްކޮށްފައިވަނީ ދައުލަތުގެ އެންމެ އިސްވެރިން ހިމެނޭ ގޮތަށް ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ މުސާރަ ބޮޑުކުރުމަށެވެ.

މަޖިލީހުގެ މެންބަރުންގެ މުސާރަތަކަށް ގެންނަ ބަދަލުތަކުގެ ކަރުދާސް މާލިއްޔަތު ކޮމިޓީއަށް ހުށަހެޅުއްވީ ރައްޔިތުންގެ މަޖިލީހުގެ ދާންދޫ ދާއިރާގެ މެންބަރު ޔަޢުޤޫބު ޢަބްދުﷲ އެވެ. މިހުށަހެޅުމަށް ތާއީދުކުރެއްވީ ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްޣަފޫރު މޫސާއެވެ.

މަޖިލީހުގެ މެންބަރުންނަށް މުސާރައިގެ ގޮތުގައި މިހާރު ލިބެނީ 62،500 ރުފިޔާއާއި، ކޮމިޓީ އެލަވަންސްގެ ގޮތުގައި 20،000 ރުފިޔާއާ އެކު ޖުމްލަ 82،500 ރުފިޔާއެވެ. ކޮމިޓީ އެލަވަންސްގެ ގޮތުގައި މެންބަރުންނަށް 20،000 ރުފިޔާގެ އެލަވަންސް ލިބޭއިރު ބޮޑުކުރި މުސާރައާއެކު މަހަކު 100،000 ރުފިޔާގެ މުސާރައެއް މެމްބަރުންނަށް ލިބިވަޑައިގަންނަވާނެއެވެ.

މުސާރަތަކަށް ގެންނަ ބަދަލުތައް ހިމެނޭ ކަރުދާހުގައި ރައީސުލްޖުމްހޫރިއްޔާ އާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބާއި، ވަޒީރުންގެ މަޖިލީހުގެ ބޭފުޅުންނާއި، ފަނޑިޔާރުންނާއި، މިނިވަން މުއައްސަސާތަކުގެ މުސާރަތަކާއި، މޭޔަރުންނާއި ކައުންސިލަރުންގެ މުސާރަތައް ބޮޑުކުރުމަށްވެސް ހިމަނާފައިވެއެވެ.

ތިމަރަފުށި ދާއިރާގެ މެންބަރު ޢަބްދުﷲ ރިޔާޒު ހުށަހަޅާފައިވަނީ ވަނީ މަޖިލިސް މެންބަރުންގެ މުސާރަ ބޮޑު ކުރި ނަމަވެސް އެ މުސާރަ ހިނގަން ފަށާނީ އަންނަ އަހަރު އިންތިޚާބު ކުރާ 20 ވަނަ މަޖިލީހުން ފެށިގެން ކަމަށް ކަނޑައެޅުމަށެވެ. ނަމަވެސް ކޮމިޓީން ނިންމީ މެންބަރުންގެ މުސާރަ ބޮޑުކުރަން މަޖިލީހުގެ ތަޅުމުން ފާސްވެއްޖެނަމަ މިހާރު އޮތް 19 ވަނަ މަޖިލީހުގެ މެންބަރުންނަށްވެސް އެ މުސާރަ ހިނގާ ގޮތަށެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ