Free Porn
xbporn

buy twitter followers
uk escorts escort
liverpool escort
buy instagram followers
6x games unblocked fnaf unblocked games 76 unblocked games krunker.io slither unblocked io premium unblocked github.io unblocked games
- Advertisement -ad image

ރައީސްގެ މުސާރަ ބޮޑުކުރަން ކޮމިޓީން ނިންމީ ސަރުކާރާމެދު ނަފުރަތު އުފައްދަން: ޝަހީބު

ad image

ގުޅުންހުރި ލިޔުންތައް

ރައީސުލްޖުމުހޫރިއްޔާ އާއި ނައިބު ރައީސް އަދި ވަޒީރުންގެ މުސާރަ ބޮޑުކުރެއްވުމަކީ ރައީސުލްޖުމުހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ތާއީދު ކުރައްވާ ނިންމެވުމެއް ނޫން ކަމަށް ސަރުކާރުގެ ތަރުޖަމާނު މުހައްމަދު ޝަހީބު ވިދާޅުވެއްޖެއެވެ.

ޝަހީބު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާއާ ރައީސުލްޖުމްހޫރިއްޔާގެ ނާއިބު އަދި ވަޒީރުންގެ މުސާރަ ބޮޑުކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީއަކުން ނިންމީ ރައީސުލްޖުމްހޫރިއްޔާގެ އެދިވަޑައިގަތުމަކާ ގުޅިގެންނެއް ނޫން ކަމަށާއި އަދި އެއީ ރައީސުލްޖުމްހޫރިއްޔާ ތާއީދުކުރައްވާ ނިންމުމެއްވެސް ނޫން ކަމަށެވެ.

އަދި ސަރުކާރުގެ އެންމެ އިސް މަސްއޫލުވެރީންގެ މަޝްވަރާއެއްވެސް ހޯއްދެވުމަކާނުލައި މިފަދަ ޙައްސާސް ނިންމުމެއް އެމްޑީޕީގެ ބޮޑު އަޣްލަބިއްޔަތެއް އޮތް ކޮމެޓީއަކުން މި ދަނޑިވަޅު ނިންމެވީ ސަރުކާރާމެދު ރައްޔިތުންގެ ހިތްތަކުގައި ނަފްރަތު އުފެއްދުމަށްކަމުގައި ދެކޭ ކަމަށްވެސް ޝަހީބު ވިދާޅުވިއެވެ.

މާލިއްޔަތު ކޮމިޓީގެ އިއްތިފާޤުން ފާސްކުރައްވާފައިވަނީ ރައީސުލްޖުމްހޫރިއްޔާގެ މުސާރަ 120،000 ރުފިޔާއަށް ބޮޑުކުރެއްވުމަށެވެ. މިހާތަނަށް ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގަންނަވަމުން ގެންދެވީ 100،000 ރުފިޔާއެވެ. ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ މުސާރަ ބޮޑުކުރައްވަން ފާސްކުރެއްވީ 93،000 ރުފިޔާއަށެވެ. ރައީސުލްޖުމްހޫރިއްޔާގެ ނައިބަށް މިހާތަނަށް ލިބިވަޑައިގެންނެވީ 75،000 ރުފިޔާއެވެ.

ވަޒީރުންގެ މުސާރަ ބޮޑުކުރައްވަން ފާސްކުރެއްވީ 72،000 ރުފިޔާއަށެވެ. މިހާތަނަށް ވަޒީރަކަށް ލިބިވަޑައިގަތީ 66،000 ރުފިޔާގެ މުސާރައެކެވެ.

ދައުލަތުގެ ވެރިންގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި މޭޔަރުންނާއުި ކައުންސިލްތަކުގެ ރައީސުންނާއި މެންބަރުންގެ މުސާރަވެސް ބޮޑުކުރަން ކޮމިޓީން ފާސްކުރެއްވިއެވެ. މިގޮތުން ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ މުސާރަ އެއްލައްކަ ރުފިޔާއަށް ބޮޑުކުރަން މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ފާސްކޮށްފައިވެއެވެ. މަޖިލީހުގެ މެންބަރުންނަށް މުސާރައިގެ ގޮތުގައި މިހާރު ލިބިވަޑައިގަންނަވަނީ 62،500 ރުފިޔާއާއި، ކޮމިޓީ އެލަވަންސްގެ ގޮތުގައި 20،000 ރުފިޔާއާ އެކު ޖުމްލަ 82،500 ރުފިޔާއެވެ.

ގުޅުންހުރި ލިޔުންތައް

2 ޚިޔާލު

  1. ކޮބާހޭ ކައުންސިލް ތަކުގެ ސިވިލްސާވަންޓުންގެ މުސާރަ ބޮޑުކުރުން ލާހިކެއްނޫން މިހާރު މަޖިލީހުގަ އެކަކުވެސް ދެން އިންތިޚާބުގެ ދާކަށް. އަހަރެމެން މިހާރު ނެޓޫވޯކް މިއަޅާލީ ފޭއަށް

  2. މުސާރަ ބޮނޑުކޮށްގެން ރަތްޔެތުންމަރާ މިހާރުވެސް ތަކެތި އަގުބޮޑުވެއްޖެ ނިކަމެތިން ނިކަމެތިވަނީ މުސާރަލިބެނީ ތިންހާސް ރުފިޔާ އޭގެން ކީއްކުރާނި ދަރިންނަށް ރަގަޅު ކާއެތިކޮޅެއްވެސްނުދެވެ ހިތާމަހުރި.

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ