ހުޅުމާލެއިންވެސް ފައިލޭރިއާ ޖެހިފައި ހުރި ބިދޭސީއެއް ފެނިފައިވާ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީން ބުނެފިއެވެ. އެޗްޕީއޭއިން މިއަދު ބުނީ މިމަހުގެ 22 ވަނަ ދުވަހު ހުޅުމާލޭގައި ކުރިއަށް ގެންދިޔަ މައިގްރޭންޓް ފެއަރގާ ޓެސްޓް ކުރި 13 ބިދޭސީ މަސައްކަތްތެރިންގެ ތެރެއިން 12 މީހުން ބައްޔަށް ނެގެޓިވްވެފައިވާއިރު މީގެތެރެއިން 1 ވަނީ ފައިލޭރިއާއަށް ޕޮޒިޓިވްވެފައެވެ. އަދި މިފަރާތަށްް ވަނީ ބޭސްދީފައި ކަމަށާއި މިއާއެކު މިހާރު ރާއްޖެއިން ފައިލޭރިއާގެ ޖުމުލަ 26 ކޭސް ވަނީ ފެނިފައި ކަމަށް ވެސް އެޗްޕީއޭއިން ހާމަކުރެއެވެ.
އެ އެޖެންސީން ބުނީ ފައިލޭރިއާ ފެތުރުން ކޮންޓްރޯލް ކުރުމަށް ބަލި ފެނުނު ސަރަހައްދުތަކުން އަންނަ ބިދޭސީ މަސައްކަތްތެރިން ސްކުރީނު ކުރެވޭނެ ހަރުދަނާ ނިޒާމެއް ގާއިމު ކުރުުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.



