- Advertisement -ad image

ފައިލޭރިއާ ބަލި ޖެހިފައިވާ މީހުން މާލެ، ހުޅުމާލެ އަދި ގުޅީފަޅުންވެސް ފެނިއްޖެ

ad image

ގުޅުންހުރި ލިޔުންތައް

ފައިލޭރިއާ ބަލި ޖެހިފައިވާ މީހުން މާލެ، ހުޅުމާލެ އަދި ގުޅީފަޅުންވެސް ފެނިފައިވާ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީން ބުނެފިއެވެ. އެ އެޖެންސީން ބުނީ މިހާތަނަށް ކުރެވުނު ޓެސްޓްތަކުން ދިވެއްސެއް މި ބައްޔަށް ޕޮޒިޓިވްވެފައި ނުވާ ކަމަށެވެ.

އެގޮތުން މިހާތަނަށް ހުޅުމާލެއިން ވަނީ ފައިލޭރިއާއަށް 5 މީހުން ޕޮޒިޓިވްވެފައެވެ. އަދި ގުޅީފަޅުން އެކަކު ޕޮޒިޓިވްވެފައިވާއިރު މާލެއިން ވެސް މީހަކު ވަނީ ޕޮޒިޓިވްވެފައެވެ. މިއާއެކު މާލެ ސަރަހައްދުގައިވެސް ފައިލޭރިއާ ބަލި ޖެހިފައިވާ 7 މީހުން ތިބި ކަމަށް އެޗްޕީއޭއިން ހާމަކުރެއެވެ. އަދި ޕޮޒިޓިވް ނަތީޖާތަކަށް ބަލާއިރު އޭގެތެރޭގައި ހިމެނެނީ އިންޑިއާގެ އުއްތަރަ ޕްރަދޭޝްގެ 10 ފަރާތަކާއި، އިންޑިއާގެ ބިހާރުގެ 18 ފަރާތަކާއި، އިންޑިއާގެ ޓެމިލްނާޑޫގެ 1 ފަރާތަކާއި، އިންޑިއާގެ ގޯޕާލްގަންޖުގެ 1 ފަރާތަކާއި އަދި ބަންގްލަދޭޝްގެ 2 ފަރާތެއް ކަމަށެވެ. ފައިލޭރިއާ އަށް ޕޮޒިޓިވް ފަރާތްތަކަކަށް ބޭސްކުރުމުގެ ކަންކަން ކުރިއަށް ގެންދެވެނީ އެޗްޕީއޭގެ ބެލުމުގެ ދަށުން ކަމަށާއި އަދި މިހާތަނަށް ޕޮޒިޓިވް ހުރިހާ ފަރާތްތަކަށް ވަނީ ބޭސްދީފައި ކަމަށްވެސް އެ އެޖެންސީން ހާމަކުރެއެވެ.

މިހާތަނަށް ހދ ކުޅުދުއްފުށިން ވަނީ 439 ބިދޭސީއެއް މި ބައްޔަށް ޓެސްޓްކޮށްފައެވެ. މީގެ ތެރެއިން 414 މީހުން ނެގެޓިވްވިއިރު 25 މީހަކު ވަނީ ބައްޔަށް ޕޮޒިޓިވްވެފައެވެ. ހދ ކުޅުދުއްފުށިން ވަނީ 155 ދިވެހިންވެސް މިބައްޔަށް ޓެސްޓްކޮށްފައެވެ. މާލެ ސަރަހައްދުން މިހާތަނަށް 89 ބިދޭސީން ޓެސްޓް ކުރިއިރު 7 ބިދޭސީއަކު ވަނީ ފައިލޭރިއާއަށް ޕޮޒިޓިވްވެފައެވެ. މިއާއެކު ރާއްޖެއިން މިހާތަނަށް މިބައްޔަށް ޕޮޒިޓިވްވެފައިވާ މީހުންގެ އަދަދު ވަނީ 32 އަށް އަރާފައި ކަމަށް ހެލްތް ޕްރޮތެކްޝަން އެޖެންސީން ހާމަކުރެއެވެ.  

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ