ރަސްމާލެ މަޝްރޫއުގައި ހަ ދުވަހުން 10 ހެކްޓަރު ބިނަ ހިއްކާ ނިންމާލާފައިވާ ކަމަށް ސަރުކާރުން ހާމަކޮށްފިއެވެ.
ރަސްމާލެ މަޝްރޫއުގައި ފުށިދިއްގަރު ފަޅު ހިއްކަން ފަށާފައިވަނީ މިމަހުގެ 18 ވަނަ ދުވަހުއެވެ.
ރައީސުލްޖުމްހޫރިއްޔާ އޮފީސްގެ މިނިސްޓަރ އިޤްބާލް އާދަމް ވިދާޅުވީ މިމަހުގެ 18 ވަނަ ދުވަހު ޢަމަލީ މަސައްކަތްފެށި ރަސްމާލެ ބިން ހިއްކުމުގެ މަޝްރޫއުގެ 10 ހެކްޓަރު މިހާރު ހިއްކާ ފައިވާކަމަށެވެ. އަދި ކުރިއަތް އޮތް 8 މަސް ދުވަހުގެ ތެރޭގައި 1153 ހެކްޓަރ ހިއްކާ އެއްކޮން ނިންމާލާނެކަމަށް އިގްބާލް ވިދާޅުވިއެވެ. އިގްބާލް ވިދާޅުވީ ބިން ހިއްކާ ނިންމުމުން ލަސްތަނެއްނުވެ ދެން ފެށޭނީ އެ ސަރަހައްދު ތަރައްގީ ކުރުމުގެ މަސައްކަތްކަމަށެވެ.



އެގޮތުން ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުގެ ދައުރު ދެބައިވާއިރު ފުށިދިއްގަރު ފަޅު ހިއްކާ ތަރައްޤީކުރާ “ރަސްމާލެ”ގައި މީހުން އާބާދު ވާން ފަށާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މިއާއެކު އިގްތިޞާދީގޮތުން ފައިދާވާން ފަށާނެކަމަށާއި، ދައުލަތުގެ ދަރަނި އަރަންޔަށް ބަދަލުކުރުމުގެ މަގު ފަހިވެގެން ދާނެކަމަށްވެސް އިޤްބާލު ފާހަގަކުރެއްވިއެވެ.
އިޤްބާލް ވިދާޅުވީ ކޮންމެ ސަރުކާރަކުންވެސް ބޯހިޔާވަހިކަން ޙައްލު ކުރުމަށް ހާއްސަ މަޝްރޫއުތައް ހިނގާފައިވާކަމަށެވެ. އެހެން ނަމަވެސް އެކަމުން އެންމެ އެދެވޭ ނަތީޖާ ފެނިފައިނުވިނަމަވެސް، މި ހިނގާ 5 އަހަރަކީ ރާއްޖޭގައި ބޯހިޔާވަހިކަމަށް ޙައްލު ގެނެސްދޭނެ ދައުރުކަމަށެވެ.




ސާބަހޭ މުޢިއްޒު ގެ ސަރުކާރަށް…އަހަރެމެން މިތިބީ ތިތަނުން ލިބޭނެކަމުގެ އިންތިޒާރުގައި…ބާރަށް ކުރިއަށް ކުރިއަށް ބާރަށް….