Free Porn
xbporn

buy twitter followers
uk escorts escort
liverpool escort
buy instagram followers
6x games unblocked fnaf unblocked games 76 unblocked games krunker.io slither unblocked io premium unblocked github.io unblocked games
- Advertisement -ad image

އެއަރ އެމްބިއުލާންސްގެ ހިދުމަތް އަންނަ މާރޗްމަހު ފަށަން ނިންމައިފި

ad image

ގުޅުންހުރި ލިޔުންތައް

އަންނައަހަރުގެ މާރޗުމަހުގެ އެއްވަނަ ދުވަހުން ފެށިގެން ރާއްޖޭގައި އެއަރ އެމްބިއުލަންސްގެ ޚިދުމަތް ފެށުމަށް ވަޒީރުންގެ މަޖިލީހުން ނިންމަވައިފިއެވެ. މިގޮތަށް ނިންމެވީ މިނިސްޓްރީ އޮފް ހެލްތުން ހުށަހެޅުއްވި ކަރުދާހުގެ މައްޗަށް ވަޒީރުންގެ މެދުގައި މަޝްވަރާކުރެއްވުމަށް ފަހުގައެވެ. ވަޒީރުންގެ މަޖިލީހުގެ ބައްދަލުކުރެއްވުމުގައި މިކަމާބެހޭގޮތުން ކުރެއްވި މަޝްވަރާތަކުގައި މި ޚިދުމަތް ފޯރުކޮށްދިނުމަށް ބޭނުންކުރާނެ މަތިންދާބޯޓުގެ ބާވަތާއި އަދަދާ ބެހޭގޮތުންނާއި މަތިންދާބޯޓު އޮޕަރޭޓްކުރާނެ ފަރާތެއް ކަނޑައެޅުން ހިމެނެއެވެ. އަދި މި މަޝްރޫޢަށް ބޭނުންވާ ފައިސާ ހަމަޖެއްސުމާއި މަޝްރޫޢު ދެމެހެއްޓެނިވި ގޮތެއްގައި ކުރިޔަށްގެންދިއުމަށް ހިންގުމުގެ ޚަރަދު ކުޑަކުރުމަށްޓަކައި ސަރުކާރުގެ ފަރާތުން ދެވެންހުރި އެހީތައް ކަނޑައެޅުންވެސް މީގެ ތެރޭގައި ހިމެނެއެވެ. މީގެ އިތުރުން ޕްރީ ހޮސްޕިޓަލް ކެއަރ އާއި އެމަރޖެންސީ މެޑިކަލް ސަރވިސްއާ ގުޅޭ ހުރިހާ ޚިދުމަތެއް އެއްނިޒާމެއްގެ ދަށުން ފޯރުކޮށްދެވޭނެ ގޮތެއް ހަމަޖެއްސުމަކީ ވެސް އެއަރ އެމްބިއުލާންސްގެ ޚިދުމަތް ގާއިމުކުރުމާ ގުޅޭގޮތުން ވަޒީރުންގެ މަޖިލީހުގައި ކުރެއްވި މަޝްވަރާގެ ތެރޭގައި ހިމެނޭކަމެކެވެ.
ވަޒީރުންގެ މަޖިލީހުން ނިންމަވާފައިވާ ނިންމެވުންތަކާއި ގުޅޭ ގޮތުން ނޫސްވެރިންނަށް މަޢުލޫމާތު ދެއްވަމުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕަބްލިކް ޕޮލިސީ، ޢަބްދުﷲ ނާޡިމް އިބްރާހީމް ވިދާޅުވީ މިޚިދުމަތް ރާއްޖޭގައި ދޭން ފެށުމަށް ވާންޖެހޭ ތައްޔާރީތައް ފެށުމަށް މިހާރު ވަނީ ނިންމާފައި ކަމަށެވެ. އަދި މި ޚިދުމަތް ކުރިއަށްގެންދިޔުމަށް ހަމަޖެހިފައިވަނީ މިނިސްޓްރީ އޮފް ހެލްތާއި އައިލެންޑު އޭވިއޭޝަން ގުޅިގެން ކަމަށް މިނިސްޓަރ ނާޡިމް ވިދާޅުވިއެވެ.

އެއަރ އެމްބިއުލަންސްގެ ޚިދުމަތް ރާއްޖޭގައި ދޭން ފެށުމަށްޓަކައި 2 އެއަރ އެމްބިއުލަންސެއް މިޚިދުމަތުގައި ބޭނުންކުރުމަށް ނިންމާފައިވާ ކަމަށް ނާޡިމް ވިދާޅުވިއެވެ.

މިމަޝްރޫޢު ކުރިއަށްގެންދިޔުމަށް ހަމަޖެހިފައިވަނީ މިހާރުވެސް ހެލްތު މިނިސްޓްރީގެ ދަށުން އިމަރޖެންސީ އެމްބިއުލަންސްގެ ޚިދުމަތް ދިނުމަށް ގާއިމްކޮށްފައިވާ ޑިޕާޓްމަންޓުން ކަމަށް ނާޡިމް ވިދާޅުވިއެވެ.

ރާއްޖޭގެ ސިއްހީ ދާއިރާ ހަރުދަނާކޮށް ރައްޔިތުންނަށް ލުއިފަސޭހަ ޚިދުމަތް ދިނުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސިޔާސަތުތަކުގެ ތެރޭގައި ހިމެނޭ މުހިންމު ކަމެކެވެ. އެގޮތުން ސިއްހީ ދާއިރާއަށް އެއަރ އެންބިއުލަންސްގެ ޚިދުމަތްތައް ފެށުމަކީވެސް އެމަނިކުފާނު ހާއްސަ އިސްކަމެއްދެއްވައިގެން ކުރައްވަން ނިންމަވާފައިވާކަމެކެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ