ރާއްޖޭގެ ދެކުނަށް މޫސުން ވަރަށް ގޯސްވެ ވައިގަދަވާނެ ކަމަށް ލަފާކޮށް އޮރެންޖު ސަމާލު ނެރެފިއެވެ. އޮރެންޖު ސަމާލު ނެރެފައިވަނީ ފުވައްމުލައްސިޓީން ފެށިގެން އައްޑޫ ސިޓީއާއި ހަމައަށެވެ.
މޫސުމާ ބެހޭ ޤައުމީ އިދާރާއިން ބުނީ އެ ސަރަހައްދަށް ގުގުރުމާއެކު ބޯކޮށް ވާރޭ ވެހޭނެމަށާއި، ފެންބޮޑުވުންވެސް އެކަށީގެންވާކަމަށެވެ. އޮރެންޖު ސަމާލަކީ މޫސުމީ ސަމާލުތަކުގެ ތެރެއިން ތިންވަނަ ދަރަޖައިގެ ސަމާލެވެ.
މޫސުމާބެހޭ ޤައުމީ އިދާރާއިން ވަނީ ނ.އަތޮޅުން ފެށިގެން ދ.އަތޮޅާ ހަމައަށް ރީނދޫ ސަމާލު ނެރެފައެވެ.
ކުރިއަށް އޮތް 3 ދުވަހު، ހާއްސަކޮށް އުތުރާއި މެދުރާއްޖެތެރެއަށް ގަދަވަޔާއެކު ކަނޑުތައް ވަރަށް ގަދަވާނެ ކަމަށްވެސް މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ބުނެއެވެ.



