މި ސަރުކާރުގެ އަމާޒަކީ ގުޅީފަޅު މަޝްރޫއު އަވަހަށް ނިންމާލައި އަސާސީ އިންފްރާސްޓްރަކްޗަރތައް ބިނާކުރަން ފެށުން ކަމަށް މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރ އަބްދުﷲ މުއްތަލިބި ވިދާޅުވެއްޖެއެވެ.
މިނިސްޓަރ މުއްތަލިބު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ގުޅީފަޅު ރިކްލެމޭޝަން ކުރިއަށްދަނީ ޝެޑިއުލްގައިވާ ގޮތަށް ހުއްޓުމެއްނެތި ކަމަށެވެ. އަދި 150 ހެކްޓަރުގެ ބިމުގެ ތެރެއިން މިހާރު ވަނީ 90 ހެކްޓަރުގެ ބިން ހިއްކިފައި ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ. އެހެންކަމުން ސަރުކާރުން ވައުދުވަނީ މި މަޝްރޫއު ވީހާވެސް އަވަހަކަށް ނިންމާ އަސާސީ އިންފްރާސްޓްރަކްޗަރތައް ބިނާކުރަން ފެށުން ކަމަށްވެސް މުއްތަލިބު ވިދާޅުވިއެވެ.



