- Advertisement -ad image

ވެރިކަން ކުރާ ޕީޕިއެމް/ޕީއެންސީގެ ހާއްސަ ޖަލްސާއެއް މިރޭ

ad image

ގުޅުންހުރި ލިޔުންތައް

ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ލީޑަރު އަދި ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ބައިވެރިވެވަޑައިގަންނަވާ ހާއްސަ ޖަލްސާއެއް މިރޭ ބާއްވަން ނިންމައިފިއެވެ.

ޕީޕީއެމްއިން ބުނީ މި ޖަލްސާ އޮންނާނީ މިރޭ 20:15 ގައި ދަރުބާރުގޭ ރަންނަބަނޑޭރި މާލަމުގައި ކަމަށެވެ.

”ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ލީޑަރު ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ބައިވެރިވެވަޑައިގަންނަވާ ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ޚާއްސަ ޖަލްސާއަށް ވަޑައިގެން ދެއްވުން އެދި ދައުވަތު އަރުވަމެވެ.” ޕީޕީއެމްއިން އާންމުކުރި ޕޯސްޓެއްގައި ބުނެފައިވެއެވެ.

އަދި މި ޖަލްސާއަށް އަންނައިރު ކަނބަލުން ޕާޓީ ކުލައިގެ ހެދުމެއް އަދި ފިރިހެނުން ހުދު ގަމީހަކާއެކު ޕާޓީ ކުލައިގެ ޓައީއެއް އެޅުމަށް ވަނީ އެދިފައެވެ.

މިއީ ރައީސް ޑރ.މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން ޕީޕީއެމް ޕީއެންސީއިން ބާއްވާ މިފަދަ ފުރަތަމަ ޖަލްސާއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ