- Advertisement -ad image

ރަސްމާލެ ހިއްކަނީ އެއްވެސް ސަރަހައްދަކުން ވެލި ނަގައިގެނެއްނޫން: ފަޒުލް

ad image

ގުޅުންހުރި ލިޔުންތައް

ފުށިދިއްގަރުފަޅު ހިއްކައިގެން ތަރައްގީ ކުރާ ރަސްމާލެ މަޝްރޫއުގެ މަސައްކަތް ކުރިއަށް ދަނީ ގުޅީފަޅު، ތިލަފުށި އަދި ހުޅުމާލޭގެ ހިއްކާފައިވާ ސަރަހައްދުތަކުން ވެލި ނަގައިގެން ނޫން ކަމަށް އާބަންކޯއިން ބުނެފިއެވެ.

އާބަންކޯގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ރަސްމާލެ ހިއްކުމުގެ މަސައްކަތް ކުރިއަށްދަނީ ގުޅީފަޅުންނާއި، ތިލަފުށި އަދި ހުޅުމާލެއާއި ގިރާވަރުފަޅުގެ ހިއްކާފައި އޮތް ސަރަހައްދުން ވެލި ނަގައިގެން ނޫން ކަމަށެވެ.

ފަޒުލް ވަނީ ރައްޔިތުންގެ ހިތުގައި ނުތަވަނަވަސް އުފެއްދުމަށް ކުރާ މަސައްކަތް ކުށްވެރިކޮށްފައެވެ.

ރަސްމާލެ ހިއްކުމުގެ މަޝްރޫއު ކުރިއަށްދަނީ ގުޅީފަޅުން ވެލި ނަގައިގެން ކަމަށް ބުނެ ބައެއް ފަރާތްތަކުން ދަނީ ސޯޝަލް މީޑިއާގައި ވާހަކަތައް ފަތުރަމުންނެވެ.

ރާއްޖޭގައި ހިންގާ އެންމެ ބޮޑު ބޯހިޔާވަހިކަމުގެ މަޝްރޫއު ކަމަށްވާ ފުށިދިއްގަރުފަޅު ނުވަތަ ރަސްމާލެ ހިއްކުމުގެ މަސައްކަތް ފައްޓަވައި ދެއްވީ މިމަހުގެ 18 ވަނަ ދުވަހު ރައީސް ޑރ. މުހައްމަދު މުއިއްޒެވެ. އެ މަޝްރޫއުގެ ދަށުން 1،153 ހެކްޓަރުގެ ބިން ހިއްކުމުގެ މަސައްކަތް ކުރުމަށް ހަމަޖެހިފައިވެއެވެ. އެ ބިމަކީ ހުޅުމާލޭގެ ދެ ފިޔަވަހި އެއްކޮލުމުން ވާވަރުގެ ތިން ގުނައެވެ. މި ބިން ހިއްކުމުގެ މަސައްކަތް ނިންމާލުމަށް ހަމަޖެހިފައި ވަނީ ކުރިއަށް އޮތް އަށް މަސް ދުވަހުގެ ތެރޭގައެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ