އާ އަހަރު ފާހަގަކުރުމަށް މާލޭގައި ”ދިވެހިންގެ ރާއްޖެ ފެސްޓިވަލް 2024” ގެ ނަމުގައި މިއުޒިކް ފެސްޓިވަލެއް ބޭއްވުމަށް މިނިސްޓްރީ އޮފް ޔޫތު އެމްޕަރވަމަންޓް އިންފޮމޭޝަން އެންޓް އާޓްސްއިން ނިންމައިފިއެވެ.
މި ފެސްޓިވަލާއި ގުޅޭގޮތުން މައުލޫމާތު ދެއްވަމުން ޔޫތު މިނިސްޓަރ އިބްރާހިމް ވަހީދު ވިދާޅުވީ މި ފެސްޓިވަލުގައި ކުޑަކުދިންގެ އާއިލީ ހަވީރެއް އަންނަ އާދިއްތަ ދުވަހު ބާއްވަން ވަނީ ނިންމައިފައި ކަމަށެވެ. މި ހަވީރު ބާއްވަން ނިންމާފައި ވަނީ ހުޅުމާލޭ ސެންޓްރަލް ޕާރކްގައި ހަވީރު ހަތަރެއް ޖަހާއިރުއެވެ.
މިފެސްޓިވަލުގެ ތެރެއިން އާދިއްތަ ދުވަހުގެ ރޭ ލޭޒާ ޝޯ އާއި ހަވާ އެރުވުން އޮންނާނެ ކަމަށްވެސް މިނިސްޓަރ ވަހީދު ވިދާޅުވިއެވެ.
އާ އަހަރު ފާހަގަކުރުމަށް މާލެ ސިޓީ ހިމެނޭގޮތަށް ރާއްޖޭގެ މީހުން ދިރިއުޅޭ ފަސް ރަށެއްގައި ހަވާ އަރުވަން ހަމަޖެހިފައިވާ ކަމަށް އެމްއެންޑީއެފް އިން ވަނީ ބުނެފައެވެ. އެގޮތުން ހަވާ އަރުވާ ރަށްތަކަކީ ދިއްފުށި، ތުލުސްދޫ، މާފުށި، އަދި ތޮއްޑޫގައެވެ.



