ރަސްމާލެ ޕްރޮޖެކްޓަކީ ރޭވިގެން ޕްލޭން ކުރެވިގެން ހިންގޭ ބޮޑު މާސިންގާ ޕްރޮޖެކްޓެއް ކަމަށް ސްޓެލްކޯގެ މެނޭޖިންޑިރެކްޓަރ ހުސެއިން ފަހުމީ ވިދާޅުވެއްޖެއެވެ.
ފަހުމީ ކުރެއްވި ޓުވީޓެެއްގައި ވިދާޅުވީ ރަސްމާލެ ޕްރޮޖެކްޓަކީ މުޅި ގްރޭޓަރ މާލެ އޭރިއާއަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ “ޓޯޓަލް ސޮލިއުޝަން” އެއް ކަމަށެވެ. އަދި މީ ރޭވިގެން ޕްލޭން ކުރެވިގެން ހިންގޭ ބޮޑު މާސިންގާ ޕްރޮޖެކްޓެއް ކަމަށާއި މި މަޝްރޫއު ކުރިއަށް ގެންދަނީ މުއިއްޒު ސްޕީޑުގައި ކަމަށްވެސް ފަހުމީ ވިދާޅުވިއެވެ.
ރަސްމާލެގެ ނަމުން ނަން ދެވިފައިވާ ފުށި ދިއްގަރު ފަޅު ހިއްކަން ފަށާފައިވަނީ މިމަހުގެ 18 ވަނަ ދުވަހުއެވެ. އެގޮތުން ހިއްކާ 1153 ހެކްޓަރުގެ ބިން ހިއްކާ ނިންމުމަށް ހަމަޖެހިފައިވަނީ އަށް މަސް ދުވަހުގެ ތެރޭގައެވެ.



