- Advertisement -ad image

ސަރުކާރުގެ ފުރަތަމަ މަސް ނިމުނުއިރު، ރައީސް ގެންދަވަނީ ބާރު ސްޕީޑުގައި ވައުދުތައް ފުއްދަވަމުން: އަދުރޭ

ad image

ގުޅުންހުރި ލިޔުންތައް


މި ސަރުކާރަށް އެއް މަސް ނިމިގެން ދިޔައިރު، ރައީސް މުއިއްޒު ގެންދަވަނީ ބާރު ސްޕީޑުގައި އެމަނިކުފާނުގެ ވައުދުތައް ފުއްދަވަމުން ކަމަށް ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.
ރޭ އެޕާޓީން ބޭއްވި ފެށުން ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އަބްދުއްރަހީމް ވިދާޅުވީ މި ސަރުކާރު އޮތީ ވަރުގަދަ އަޒުމެއްގައި ސާބިތު ކަމާއެކީ ފަސް އެނބުރި ބަލާގޮތަކަށް ނޫން ކަމަށާއި ސަރުކާރު އޮތީ ރައްޔިތުން ދިން މެންޑޭޓާ އެކީ ކުރިއަށްދާން ކަމަށެވެ.
އެކަމުގެ ހެއްކަކީ ރިޔާސީ އިންތިހާބުގައި އެންމެ 3000 މެންބަރުންނާއެއްކޮށް ވާދަކުރި ޕާޓީ ވަރުގަދަވެ ވެރިކަމަށް އެއްމަސް ފުރިގެންދިޔައިރު 40،000 މެންބަރުން ޕާޓީއަށް ހަމަވުން ކަމަށް ވެސް އަބްދުއްރަހީމް ވިދާޅުވިއެވެ.


އބްދުއްރަހީމް ވިދާޅުވި ގޮތުގައި މިކަމުން ދޭހަވަނީ ރައްޔިތުން މި ވެރިކަން ބަލައިގެންފި ކަމެވެ. އަދި މިކަމަށްޓަކައި ރައީސް އަދި ޕީއެންސީގެ ރައީސް މުއިއްޒު އަށާއި އެ ޕާޓީގެ މެމްބަރުންނަށް މަރުހަބާ ދަންނަވާ ކަމުގައި އޭނާ ވިދާޅުވިއެވެ.
އަބްދުއްރަހީމް ވިދާޅުވީ މިއީ އިންޓަވިއުއެއްކޮށްގެން ކުރާ ކަމެއް ނޫން ކަމަށާއި އަމަލީ ގޮތުން އެކަން ސާބިތުކޮށްދިނުމުން ރެކޯޑު ފޮތަށް އަރާނެ ކަމަށެވެ. އަދި ހުސް ވާހަކަ ދައްކައިގެން ރެކޯޑު ފޮތަކު އެވާހަކަތަކެއް ނުލިޔާނެ ކަމަށާއި ދުނިޔެ އެއް ދުވަހެއްގެ މައްޗަށް ހުއްޓި ނޯންނާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އިއްޔެ ފެނުނު މަންޒަރު މިއަދު ނުފެނި ހިނގައިދާނެ ކަމަށާއި، އަދި އިއްޔެ އިވުނު އަޑުތައް މިއަދު ނީވިދާނެ ކަމަށްވެސް ވިދާޅުވިއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ