- Advertisement -ad image

ވީހާވެސް އަވަހަކަށް ހުރިހާ ރަށެއްގައި އާރްޓީއެލް ޚިދުމަތް ފޯރުކޮށްދިނުމަކީ އަމާޒެއް: ރައީސް

ad image

ގުޅުންހުރި ލިޔުންތައް


ރާއްޖެ ޓްރާންސްޕޯޓް ލިންކް، އާރްޓީއެލް ހައި ސްޕީޑް ފެރީގެ ޚިދުމަތް ވެރިކަމުގެ ފުރަތަމަ އަހަރު ތެރޭގައި ރާއްޖޭގެ ހުރިހާ ރަށަކަށް ފޯރުކޮށްދިނުމަކީ އަމާޒެއްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ދިވެހިރާއްޖޭގެ އަޑުގެ 61 ވަނަ އަހަރީ ދުވަހާ ގުޅިގެން ގެނެސްދިން “ބާއްޖަވެރި ހެނދުނެއް”ގެ ޚާއްސަ ޕްރޮގްރާމްގައި އެހުންތެރިއެއްގެ ސުވާލަކަށް ޖަވާބުދެއްވަމުންނެވެ.
“ބާއްޖަވެރި ހެނދުނެއް”ގެ ޚާއްސަ ޕްރޮގްރާމްގައި އއ. އުކުޅަހުގެ އެހުންތެރިއަކުވަނީ ރާއްޖެ ޓްރާންސްޕޯޓް ލިންކުގެ ޚިދުމަތް މިހާރު ނުފެށި ހުރި ހުރިހާ ސަރަޙައްދުތަކުގައި ފަށާނީ ކިހާދުވަހަކުންތޯ ސުވާލުކުރައްވާފައެވެ. އެސުވާލަށް ޖަވާބު ދެއްވަމުން ރައީސް މުއިއްޒު ވިދާޅުވީ އެމްޓީސީސީއަށް ސީއީއޯއަކު އައްޔަން ކުރެއްވުމަށްފަހު އާރްޓީއެލްގެ ޚިދުމަތް ވަރުގަދަކޮށް މިހާރު ޚިދުމަތް ފަށާފައި އޮތް ހިސާބުން ފެށިގެން މަސައްކަތްތައް ފެށުމަށް އަންގަވާފައިވާނެކަމަށެވެ. އެގޮތުން މިހާރު ބޭނުންކުރާ އުޅަނދުތަކަށްވުރެ ރަނގަޅު އަދި ގިނަ އުޅަނދުތަކެއް ޚިދުމަތުގައި ބައިވެރިކުރުމަށް ޕްލޭން ކުރައްވާފައިވާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ރައީސް ވިދާޅުވީ ސަރުކާރުގެ އަމާޒަކީ ގިނަވެގެން އަހަރެއްހާ ދުވަހުގެ ތެރޭގައި އާރްޓީއެލްގެ ޚިދުމަތް މުޅި ރާއްޖެއަށް ފޯރުކޮށްދިނުންކަމަށެވެ.

“އެއަރޕޯޓްތަކާއެކު ސީ ޓްރާންސްޕޯޓް ވެސް ބޭނުންވާނެ. އިންވެސްޓް ކުރަން އިތުރު ފުރުޞަތުތައް ހޯދައިދީ އިތުރު މުވައްޒަފުން ހޯދުމުގެ މަސައްކަތްވެސް ކުރިއަށްދާނެ. އެހެންކަމުން އަހަރެއްހާދުވަހުގެ ތެރޭގައި އާރްޓީއެލް ފެރީގެ ޚިދުމަތް ގުޅާލާ އެކަން ނިންމުމަކީ އަމާޒެއް.” ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވިއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ