- Advertisement -ad image

“ދިވެހީންގެ ރާއްޖެ ފެސްޓިވަލް2024” ގެ ހަވާ އެރުވުމާއި މިއުޒިކް ޝޯ ފަސްކޮށްފި

ad image

ގުޅުންހުރި ލިޔުންތައް

އާ އަހަރު ފެށުމުގެ މުނާސަބަތުގައި ދިވެހީންނަށް ޚާއްޞަކޮށް ބޭއްވުމަށް ހަމަޖެހިފައިވާ “ދިވެހީންގެ ރާއްޖެ ފެސްޓިވަލް2024” ގެ ރޭގަނޑު ބޭއްވުމަށް ނިންމާފައިވާ ޙަރަކާތްތް ފަސްކޮށްފިއެވެ.

ޔޫތު މިނިސްޓްރީން ނެރުނު ނޫސްބަޔާނެއްގައި ބުނީ އާ އަހަރު ފެށުމުގެ މުނާސަބަތުގައި ދިވެހީންނަށް ޚާއްޞަކޮށް “ދިވެހީންގެ ރާއްޖެ ފެސްޓިވަލް2024” ގެ ނަމުގައި 31 ޑިސެމްބަރު 2023 ގައި މި މިނިސްޓްރީއިން ވަނީ ފެސްޓިވަލެއް ބޭއްވުމަށް ނިންމި ކަމަށެވެ.
ނަމަވެސް މި ފެސްޓިވަލްގައި ބައިވެރިވުމަށް ދިވެހި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިއްބެވި ރައްޔިތުންގެ ޝައުޤުވެރިކަން އޮތްނަމަވެސް މޫސުމާއިބެހޭ ޤައުމީ އިދާރާއިން ވަނީ ރާއްޖޭގެ ސަރަޙައްދުގެ މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް މުޅި ރާއްޖެ ހިމެނޭހެން ރީނދޫ ސަމާލު ނެރެފައި ކަމަށެވެ. އެހެންކަމުން ދަތުރުފަތުރު ކުރުމުގައި ދިމާވާނެ ދަތިތަކާއި ގުޅިގެން “ދިވެހީންގެ ރާއްޖެ ފެސްޓިވަލް2024” ގެ 31 ޑިސެމްބަރުގެ ރޭގަނޑު ބޭއްވުމަށް ހަމަޖެހިފައިވާ ޙަރަކާތް ފަސްކޮށްފައިވާ ކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ.
މޫސުން ރަނގަޅުވުމުން މި ފެސްޓިވަލް ބާއްވާނެ ތާރީޚެއް އެ މިނިސްޓްރީއިން ކަނޑައެޅުމަށްފަހު އަންގާނެ ކަމަށްވެސް ބުނެފައިވެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ