- Advertisement -ad image

ވެލިފުކެއްގެ މިންވަރުވެސް އުނިނުކޮށް ހުޅުމާލެއިން ގޯތި ލިބުނު މީހުންނަށް ގޯތިދޭނަން: ފަޒުލް

ad image

ގުޅުންހުރި ލިޔުންތައް


ވެލިފުކެއްގެ މިންވަރުވެސް އުނިނުކޮށް ހުޅުމާލެއިން ގޯތި ލިބުނު މީހުންނަށް ގޯތި ދޭނެ ކަމަށް އާރބަންކޯގެ މެނޭޖިން ޑައިރެކްޓަރ ފަޒުލް ރަޝީދު ވިދާޅުވެއްޖެއެވެ.
ފަޒުލް މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ހުޅުމާލެ ބިން ހިއްކުމުގެ މަސައްކަތް ފެށިފައިވާ ކަމަށެވެ. އަދި ހުޅުމާލެއިން ގޯތި ލިބުނު ފަރާތްތަކަށް ރައީސުލްޖުމުހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ވިދާޅުވި ފަދައިން ގޯތި ލިބިގެންދާނެ ކަމަށް ވެސް ފަޒުލް ވިދާޅުވިއެވެ.
“ ވެލިފުކެއްގެ މިންވަރުވެސް އުނިނުކޮށް އިތުރަށް ފުރިހަމަކޮށްދެވޭނެ “ ފަޒުލް ވިދާޅުވިއެވެ.

އަރބަންކޯގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ފަޒުލް ވަނީ މިއަދު އެ ސަރަހައްދަށް ވަޑައިގެން މަސައްކަތް ކުރިއަށްދާގޮތުގެ ތަފްޞީލު ބައްލަވާލައްވާފައެވެ.

‏މާލެ ސަރަހައްދުގައި ކުރިމަތިވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލުހޯދައިދިނުމަށް ކުރިއަށް ގެންދެވޭ މި މަޝްރޫއުގެ ދަށުން ހުޅުމާލެގެ ފޭސް 3ގެ ގޮތުގައި 63 ހެކްޓަރުގެ ބިން އިތުރު ކުރުމަށް ވަނީ ހަމަޖެހިފައެވެ.


ކުރީގެ ރައީސް ސާލިހުގެ ސަރުކާރުން ރިޔާސީ އިންތިހާބު ބޯމަތިވެފައިވަނިކޮށް ހުޅުމާލެ ނުހިންކާ އޮތް ފަޅުންނާއި ގިރާވަރުން ފަޅުންވެސް ގިނަ ބަޔަކަށް ގޯތި ދޫކުރިއެވެ.
މިހުރިހާ ތަނެއްގެ ބިން ހިއްކާ އެތަންތަނުން ގޯތިތައް ރައްޔިތުންނަށް ދިނުމަކީ ރައީސް ޑރ މުއިއްޒުގެ ރިޔާސީ ވައުދުފުޅެއް ނަމަވެސް އިދިކޮޅު ފަރާތްތަކުން މިހާރު ފަތުރަމުންދާ ވާހަކަތަކަކީ މި ސަރުކާރުން އެ ރައްޔިތުންގެ އަތުން ގޯތިތައް އަތުލާނެ ވާހަކައެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ