ރައީސުލްޖުމުހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު އެންމެ އިސްކަމެއް ދެއްވަނީ ރައްޔިތުން އެމަނިކުފާނަށް ކުރާ އިތުބާރު ދެމެހެއްޓުމަށް ކަމަށް ނައިބު ރައީސް އަލްއުސްތާޒު ހުސެއިން މުހައްމަދު ލަތީފު ވިދާޅުވެއްޖެއެވެ.
ނައިބު ރައީސް މިހެން ވިދާޅުވީ ވަން އޮންލައިން ހޮވާފައިވާ އަހަރުގެ އެންމެ މަގުބޫލު ޝަހުސިއްޔަތަކީ ރައީސް ޑރ މުއިއްޒު ކަމަށް ހާމަކޮށްފައިވާ ޕޯސްޓް ހިއްސާކުރައްވަމުން ކުރެއްވި ޓުވީޓެއްގައެވެ. އެގޮތުން ސެމްބެ ވިދާޅުވީ ރައީސް ޑރ މުއިއްޒު އެންމެ އިސްކަމެއް ދެއްވަނީ ރައްޔިތުން އެމަނިކުފާނަށް ކުރާ އިތުބާރު ދަމަހައްޓަވައި ހިދުމަތްތެރި ސަރުކާރެއް ބިނާކުރެއްވުމަށް ކަމަށެވެ.
އަދި ﷲގެ އިރާދަފުޅާއެކު ރައީސް މުއިއްޒަކީ ކުރިއަށް އޮތްތަނުގައިވެސް ރައްޔިތުންގެ ލޯތްބާއި އިހުތިރާމު ލިބޭނެ ވެރިއަކަށް ވެގެންދާނެކަން ޔަގީންކުރައްވާ ކަމަށްވެސް ނައިބު ރައީސް ސެމްބެ ވިދާޅުވިއެވެ.
ރައީސުލްޖުހުމުހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު އަހަރުގެ އެންމެ މަގުބޫލު ޝަހުސިއްޔަތެއްގެ ގޮތުގައި ހޮވުނުއިރު އެމަނިކުފާނު ވަނީ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ގިނަ ބައެއްގެ މަގުބޫލުކަން ހޯދާ ރިޔާސީ އިންތިހާބު 2023 ކާމިޔާބުކުރައްވާފައެވެ.



