- Advertisement -ad image

މޫސުން ގޯސްވުމުން “ދިވެހިންގެރާއްޖެ ފެސްޓިވަލް 2024” ގެ ކުޑަކުދިންގެ ހަވީރުވެސް ކެންސަލް

ad image

ގުޅުންހުރި ލިޔުންތައް

މޫސުން ގޯސްވުމުގެ ސަބަބުން ”ދިވެހީންގެ ރާއްޖެ ފެސްޓިވަލް 2024“ގެ ކުޑަކުދިންގެ ހަވީރުވެސް ކެންސަލްކޮށްފިއެވެ. މިނިސްޓްރީ އޮފް ޔޫތު އެމްޕަވަރމެންޓް އިންފޮމޭޝަން އެންޑް އާރޓްސް އިން ބުނީ އާ އަހަރު ފާހަގަކުރުމަށް މިއަދު ހަވީރު ހުޅުމާލެ ސެންޓްރަކް ޕާރކްގައި އެމިނިސްޓްރީން ބާއްވަން ނިންމާފައިއޮތް ކުޑަކުދިންގެ ހަވީރު ނޯންނާނެ ކަމަށެވެ.

މި ކުޑަކުދިންގެ ހަވީރުގައި ގިނަ ހަރަކާތްތަކެއް ކުރިއަށްގެންދަން އެމިނިސްޓްރީން އޮތީ ރާވައިފައެވެ. ނަމަވެސް ރެއިން ފެށިގެން ހުޅުމާލެއަށް ދަނީ ހުއްޓާނުލާ ވާރޭވެހެމުންނެވެ. މޫސުމާއި ބެހޭ ގައުމީ އިދާރާއިން ވަނީ ނ އަތޮޅުން މާލެ ސިޓީ ހިމެނޭހެން 8 އަތޮޅަކަށް ރީނދޫ ސަމާލު ނެރެފައެވެ. އެގޮތުން ހެނދުނު ނުވައަކުން ފެށިގެން މެންދުރުފަހު އެކެއް ޖަހަންދެން ބޯކޮށް ވާރޭވެހި ގުގުރާނެ ކަމަށާއި އަދި ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް މެޓުން ލަފާކޮށްފައިވެއެވެ.   

ރީނދޫ ސަމާލު މެޓުން ނެރެފައިވަނީ ނ،ރ،ބ،ޅ،ކ،އއ،އދ،ވ އަދި ފ އަތޮޅަށެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ