- Advertisement -ad image

ސ.މަރަދޫ “ފަޒާ” ގޭގެ ފުރާޅު މައްޗަށް ބަނބުކެޔޮ ގަހެއް ވެއްޓިއްޖެ

ad image

ގުޅުންހުރި ލިޔުންތައް


ސ.މަރަދޫ “ފަޒާ” ގޭގެ ފުރާޅު މައްޗަށް ބަނބުކެޔޮ ގަހެއް ވެއްޓިގެން، ގަސްކަނޑައި، އެ ސަރަހައްދު ސާފުކުރުމުގައި އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑުގެ ސިފައިން އެހީތެރިކަން ފޯރުކޮށްދޭން ފަށައިފިއެވެ.
އެމްއެންޑީއެފުން ބުނީ މި ހާދިސާގެ މަޢުލޫމާތު ލިބުނީ މިއަދު ހެނދުނު 08:44 ހާއިރު ކަމަށެވެ.
އެގޮތުން މައުލޫމާތު އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑަށް ލިބުމާއެކު، ސ.ހިތަދޫ ފަޔަރ ސްޓޭޝަނުގެ ފަޔަރ ފައިޓަރުންނާއި ސަދަން އޭރިއާ ކޮމާންޑުގައި މަސައްކަތް ކުރާ ސިފައިންގެ ޓީމެއް ވަނީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން އެ ސަރަހައްދަށް ގޮސްފައި ކަމަށެވެ. އަދި، ވެއްޓުނު ބަނބުކެޔޮ ގަސް ކަނޑައި، އެ ސަރަހައްދު ސާފުކުރުމުގެ މަސައްކަތް މިހާރު ދަނީ އެ ޓީމުން ކުރަމުން ކަމަށް ވެސް އެމްއެންޑީއެފުން ހާމަކުރެއެވެ.

“ފަޒާ” ގެއަކީ މީހުން ދިރިއުޅޭ ގެއެއް ނަމަވެސް، ގަސް ވެއްޓިގެން އެއްވެސް މީހަކަށް އަނިޔާއެއް ލިބުނު ކަމުގެ މަޢުލޫމާތު ލިބިފައެއް ނުވާކަމަށް އެ އިދާރާއިން ހާމަކުރެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ