- Advertisement -ad image

ހުއްޓާނުލައި ވާރޭވެހެމުންދާތީ އަމީނީމަގުގެ މަސައްކަތް މަޑުޖައްސާލައިފި

ad image

ގުޅުންހުރި ލިޔުންތައް

މާލެއަށް ވެހެމުންދާ ބޯ ވާރެއާއިއެކު އަމީނީމަގުގެ މަސައްކަތް ނުކުރެވި ވަނީ މަޑު ޖައްސާލާފައި ކަމަށް ރޯޑް ޑިވޮލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީން) ބުނެފިއެވެ.

ރެއިންސުރެ މާލެ އަދި ހުޅުމާލެ އަށް ދަނީ ހުއްޓާނުލައި ބޯކޮށް ވާރޭވެހެމުންނެވެ. އާރުޑީސީން މިއަދު ކުރި ޓުވީޓެއްގައި ބުނީ ބޯކޮށް ވާރޭވެމުންދާތީ މިވަގުތު ވަނީ އަމީނީ މަގުގެ މަސައްކަތް ހުއްޓާލާފައި ކަމަށެވެ. އަދި އަމީނީމަގުގެ މަސައްކަތް ކުރިއަށްދާ ސަރަހައްދަކީ ހިނގާބިނގާވެ އުޅުމަށް އާންމުނަށް ރައްކާތެރި ސަރަހައްދަކަށް ނުވުމާއިއެކު، އެ ސަރަހައްދަށް އާންމުން ނުވެންނެވުމަށް އެ ކުންފުނިން ވަނީ އިލްތިމާސްކޮށްފައެވެ.

އާރުޑީސީން މިހާރު އަމީނީ މަގުގައި ކުރަމުންދަނީ ކާރބްސް ސްޓޯން ޖެހުމުގެ މަސައްކަތާއި ޖަންކްޝަންތައް ލެވެލް ކުރުމުގެ އިތުރުން ފަސްގަނޑު އެއްވަރުކޮށް ކޮމްޕެކްޓް ކުރުމުގެ މަސައްކަތެވެ.

އާރުޑީސީން ބުނީ ޒަމާނީ ފެންވަރަށް ތަރައްޤީ ކުރަމުން އަންނަ އަމީނީމަގުގެ މަސައްކަތް އެއްކޮށް ނިންމުމުން، ޒަމާނުއްސުރެ ދިމާވާ ފެންބޮޑުވުމުގެ މައްސަލައަށް ޖުމްލަ ޙައްލެއް ލިބިގެންދާނެ ކަމަށެވެ. އެގޮތުން މިހާރު ބެހެއްޓިފައި ހުރި ސްޓޯރމް ވޯޓަރ ޕަމްޕްތައް އަޕްގްރޭޑް ކުރެވިގެންދިއުމަކީ އެ މައްސަލައަށް ހައްލު ލިބިގެންދާނެ ކަމެއް ކަމަށްވެސް އެކުންފުނިން ހާމަކުރެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ