- Advertisement -ad image

މޫސުން ވަރަށް ގޯސް، މާލެ ސަރަހައްދަށް އޮރެންޖް ސަމާލު ނެރެފި

ad image

ގުޅުންހުރި ލިޔުންތައް

ރާއްޖެއަށް މޫސުން ވަރަށް ބޮޑަށް ގޯސްވެ މާލެ ސަރަހައްދުވެސް ހިމެނޭގޮތަށް އޮރެންޖް ސަމާލު ނެރެފިއެވެ. މޫސުމާއި ބެހޭ ގައުމީ އިދާރާއިން އޮރެންޖް ސަމާލު ނެރެފައިވަނީ ކ.އަތޮޅުން ފެށިގެން އދ.އަތޮޅަށެވެ. މެޓް އޮފީހުން އޮރެންޖް ސަމާލު ނެރެފައިވަނީ 15:15 އިން ފެށިގެން 17:30 އަށެވެ. އޮރެންޖު އިންޒާރު ނެރެނީ ގުގުރުމާއެކު ބޯކޮށް ވާރޭވެހި ފެންބޮޑުވުމުން ނުވަތަ ފެންބޮޑުވާނެ ކަމަށް ލަފާކުރެވުމުން ކަމަށް މެޓް އޮފީހުން ވަނީ ބުނެފައެވެ. އެގޮތުން އޮރެންޖު ސަމާލު ނެރުމަށް ނިންމަނީ އެއްގަޑިއިރުގެ ތެރޭގައި 90 މިލިމީޓަރުގެ ވާރޭ ނުވަތަ 6 ގަޑިއިރު ތެރޭގައި 120 މިލިމީޓަރުގެ ވާރޭ ވެހުމުން ނުވަތަ ވެހޭނެ ކަމަށް ލަފާކުރެވުމުންނެވެ. އޮރެންޖް ސަމާލަކީ ދެވަނައަށް އެންމެ ނުރައްކާ އިންޒާރެވެ.

މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގަ މާލެސިޓީގައި ވަނީ ފެންބޮޑުވެފައެވެ. އެމްއެންޑީއެފުން ބުނީ މާލެއަށް ބޯކޮށް ވާރޭވެހި ފެންބޮޑުވުމާއި، ގުޅިގެން މަގުތަކުން ފެން ހިންދުމުގެ މަސައްކަތް ހެނދުނު 08:30 އިން ފެށިގެން އެފްއާރުއެސްއިން ދަނީ ކުރަމުންނެވެ. އެގޮތުން ފެންހިއްކުމުގެ މަސައްކަތް ކުރާ ސަރަހައްދުތަކަކީ އައިޖީއެމްއެޗް ކައިރީގައާ، ދިވެހިރާއްޖޭގެ އަޑު ކައިރީގައާ، ވެސްޓްޕާރކް ކައިރީގައާ، މާފަންނު ސްޓޭޑިއަމް ކައިރީގައާ، ޕޮލިޓެކްނިކް ކައިރީގައާ، ހުޅުމާލެ ފެރީ ޓަރިމިނަލްގެ އިތުރުން ޕޯސްޓް އޮފީސް ކައިރީގައެވެ.

އެމްއެންޑީއެފުން ބުނީ މޫސުން ގޯސްވުމުގެ ސަބަބުން މާލެއާއި އަތޮޅުތެރޭގައި ރައްޔިތުންނަށް ކުރިމަތިވެފައިވާ ދަތިތައް ހައްލުކުރުމަށް އެހީތެރިވުމަށް ސިފައިންގެ އެންމެ މަތީވެރިޔާ ރައީސުލްޖުމްހޫރިއްޔާ ޑރ މުޢިއްޒުގެ އެންގެވުމަށް ޤައުމީ ފެންވަރުގައި ހުރިހާ އޭރިއާ ކޮމާންޑެއްގެ ސިފައިން ހަރަކާތްތެރިވާން ފަށައިފަވާ ކަމަށެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ