- Advertisement -ad image

އަހަރަކު ދެ ފަހަރު މެޑިކަލް ޗެކްއަޕް ހެދޭނެ އިންތިޒާމުތައް ހަމަޖައްސައިފި

ad image

ގުޅުންހުރި ލިޔުންތައް


ދިވެހި ކޮންމެ ރައްޔިތަކަށް އާސަންދަ ސްކީމްގެ ދަށުން އަހަރަކު 2 ފަހަރު މެޑިކަލް ޗެކަޕް ހެދުމުގެ މަގުފަހިކޮށްދިނުމަށް ޚާއްޞަ ސިޔާސަތެއް އެކުލަވާލައި ތަންފީޒުކުރަން ފަށައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ ވެރިކަމުގެ ފުރަތަމަ 14 ހަފްތާގެ މަގުޗާޓުގައި ހިމަނުއްވާފައިވާ “ދިވެހި ކޮންމެ ރައްޔިތަކަށް އާސަންދަ ސްކީމްގެ ދަށުން އަހަރަކު 2 ފަހަރު މެޑިކަލް ޗެކަޕް ހެދުމުގެ މަގުފަހިކޮށްދިނުމަށް ޚާއްޞަ ސިޔާސަތެއް އެކުލަވާލައި ތަންފީޒުކުރަން ފެށުން” މިވަޢުދުގެ ދަށުން އެކިއެކި އުމުރުފުރާތަކަށް އަމާޒުކުރެވިގެން 1 ޖަނަވަރީ 2024 އިން ފެށިގެން ސަރުކާރުގެ ޞިއްޙީ ޚިދުމަތްދޭ މަރުކަޒުތައް މެދުވެރިކޮށް މެޑިކަލް ޗެކަޕް ހެދުމުގެ އިންތިޒާމް ވަނީ ހަމަޖައްސާފައެވެ.
މި ޕްރޮގްރާމްގެ މަޤްޞަދަކީ ބޮޑެތި ބަލިތައް ކުރިއާލާ ދެނެގަނެ އެކަމަށް އެންމެ އެކަށީގެންވާ ފަރުވާ އަވަހަށް ލިބިދެވޭނެ މަގުފަހިކުރުމާއި، ދިވެހިރައްޔިތުންގެ ޞިއްޙީ ދުޅަހެޔޮކަން އިތުރުކޮށް ދުޅަހެޔޮ ޞިއްޙަތެއްގައި ދެމިތިބުމުގެ ސަޤާފަތެއް އަށަގެންނެވުމާއި، އަދި ދިރިއުޅުމުގެ އާދަކާދައާއި ވައްޓަފާޅިއަށް ބަދަލުގެނެސް ބަލިތަކުން ރައްކާތެރިވެތިބުމަށް ސަމާލުކަންދޭ ޖީލެއް ބިނާކުރުމެވެ.
މިގޮތުން ޖަނަވަރީ 1 އިން ފެށިގެން، ސަރުކާރުގެ ހުރިހާ ޞިއްޙީ މަރުކަޒުތަކާއި، ހޮސްޕިޓަލްތައް މެދުވެރިކޮށް މެޑިކަލް ޗެކަޕްގެ ޚިދުމަތް ލިބޭނެ ކަމަށް އާސަންދައިން ހާމަކުރެއެވެ. އަދި އެ މީހެއްގެ ވަށައިގެންވާ ހާލަތްތަކަށް ރިޢާޔަތްކޮށް އެއް އަހަރުގެ ތެރޭގައި ދެ ފަހަރު މެޑިކަލް ޗެކަޕް ހަދަންޖެހޭ ފަރާތްތަކަށް، ދެވަނަ ފަހަރަށް މެޑިކަލް ޗެކަޕް ހެދުމުގެ ފުރުސަތުވެސް ފަހިވެފައިވާނެ ކަމަށްވެސް އާސަންދައިން ބުނެއެވެ.
އެކިއެކި އުމުރުފުރާތަކަށް މެޑިކަލް ޗެކަޕް ހެދުމުގެ ޚިދުމަތް ތަންފީޛުކުރުމަށް ހަމަޖެހިފައިވާ ތާރީޚުތައް:
އުމުރުން 50 އަހަރުން މަތި 1 ޖަނަވަރީ 2024
އުމުރުން 35 އަހަރާއި 49 އަހަރާ ދެމެދު 1 އެޕްރީލް 2024
އުމުރުން 19 އަހަރުން ދަށުގެ ކުދިން
(ސްކޫލް ސްކްރީނިންގ ޕްރޮގްރާމް މުރާޖަޢާކުރުމަށްފަހު ތަންފީޒުކުރުން) 1 އެޕްރީލް 2024
19 އަހަރާއި 34 އަހަރާއި ދެމެދު 1 ޖުލައި 2024
މި ޚިދުމަތް ލިބިގަތުމަށްޓަކައި، ޚިދުމަތް ހޯއްދެވުމަށް ބޭނުންފުޅުވާ މަރުކަޒަކަށް (ރަށްރަށުގެ ޞިއްޙީ މަރުކަޒުތަކާއި، އަތޮޅު އަދި ރީޖަނަލް ހޮސްޕިޓަލްތައް އަދި މާލޭ ސިޓީގައި ނަމަ އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް، ހުޅުމާލެ ހޮސްޕިޓަލް އަދި ވިލިމާލެ ހޮސްޕިޓަލް އަށް) ގުޅުއްވައި މެޑިކަލް ޗެކަޕް އަށް އެދި ނަންނޯޓް ކުރެއްވުމަށް 1 ޖަނަވަރީ 2024 އިން ފެށިގެން ހުޅުވާލާނެއެވެ. އެޕޮއިންޓްމަންޓް ހަމަޖެހޭ ތާރީޚުގައި އެ މަރުކަޒަކަށް ދިއުމުން އެ ޚިދުމަތް ލިބުމުގެ މަގުފަހިވެގެންދާނެ ކަމަށްވެސް ކަމާބެހޭ ފަރާތްތަކުން ހާމަކުރެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ