މޫސުން ރަނގަޅުވުމުން އަމީނީމަގުގެ މަސައްކަތް އާރުޑީސީން އަލުން ފަށައިފިއެވެ.
އަމީނީމަގުގެ މަސައްކަތް ވަގުތީގޮތުން ހުއްޓާލަން ޖެހުނީ އާދިއްތަދުވަހު ހުއްޓާނުލާ ވާރޭވެހި މުޅި މާލޭގެ އެކި ސަރަހައްދުތަކުގައި ފެންބޮޑުވުމުންނެވެ.
ނަމަވެސް މިއަދު މޫސުން ރަނގަޅަށް އޮތުމާއެކު އަމީނީމަގުގެ މަސައްކަތް އަލުންވަނީ ފަށާފައި ކަމަށާއ، މޫސުން ރަަނގަޅު ނަމަ ކުރިންވެސް ކުރަމުން އައިގޮތަށް 24 ގަޑިއިރު މަސައްކަތް ކުރިއަށްދާނެ ކަމަށް އާރުޑީސީން ބުނެއެވެ. އަމީނީމަގުގައި މިހާރު ކުރިއަށްދަނީ ސެގްމަންޓް 12 އަދި 13 ގެ މަސައްކަތެވެ. އިންފްރާސްޓްރަކްޗަރ މިނިސްޓަރ މުއްތަލިބު ވިދާޅުވީ ސްކޫލް ފެށެންވާއިރަށް އެމަގުގެ މިހާރު ކުރިއަށްދާ މަސައްކަތް ނިންމާ އެސަރައްދު އާއްމުންނަށް ހުޅުވާލަން މަސައްކަތް ކުރަމުންދާ ކަމަށެވެ.



