- Advertisement -ad image

އައު އަހަރުގެ ތަހުނިޔާއާއެކު އާޒިމާ ގޮވާލެއްވީ މިނިވަންކަމުގެ ރަތްރޮނގު ކުލަގަދަ ކުރުމަށް!

ad image

ގުޅުންހުރި ލިޔުންތައް


މި ފެށުނު އައު އަހަރާއެކު ދިވެހި ގައުމުގެ މިނިވަންކަމުގެ ރަތްރޮނގު އިތުރަށް ކުލަގަދަ ކުރުމަށް ޕީއެންސީގެ ޓިކެޓުގައި މާލޭގެ މޭޔަރުކަމަށް ވާދަކުރައްވާ ކުރީގެ ބަންޑާރަނައިބު އައިޝަތު އާޒިމާ ޝަކޫރު ގޮވާލައްވައިފިއެވެ.
އައު އަހަރުގެ ތަހުނިޔާ ފޮނުއްވާ އާޒިމާ ވިދާޅުވީ އޭނާގެ އިހުލާސްތެރި ދުއާއަކީ މިފެށުނު 2024 ވަނަ އަހަރަކީ އެންމެހާ ފަރާތްތަކަށް އުފާވެރި ފާގަތި އަހަރެއް ކަމުގައި ލެއްވުން ކަމަށެވެ.


“ އަޅުގަނޑުމެންގެ ކުޑަކުދިންނަށް ރައްކާތެރި އަހަރެއް ކަމުގައިވެސް ލެއްވުމެވެ. މި ލޮބުވެތި ދިވެހި ގައުމުގެ މިނިވަންކަމުގެ ރަތްރޮނގު އިތުރަށް ކުލަގަދަވެ ދިވެހިރާއްޖެއަށް އާރޯކަމާއި ތާޒާކަން الله ގެ ރަހިމަތްފުޅުން މިންވަރު ކުރެއްވުމެވެ” އާޒިމާ ވިދާޅުވެފައިވެއެވެ.
އާޒިމާގެ މެސެޖުގައި އިތުރަށް ވިދާޅުވެފައިވަނީ މިދުވަސް ފާހަގަކުރާއިރު، ފަލަސްތީނުގައި އަނިޔާ ލިބެމުންދާ އަޚުންނާއި އުޚުތުން އަދި ކުޑަކުދިންގެ މަތިން ހަދާންކޮށް، ފަލަސްތީނުގެ މިނިވަންކަމަށާއި، ފަލަސްތީނުގެ ރައްޔިތުންގެ ރައްކާތެރިކަމަށް އެދި ދެއަތް އުފުލާލާކަމުގައެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ