- Advertisement -ad image

މެޑިކަލްޗެކްއަޕްއަށް ނަންނޯޓުކުރުމަށް ހުޅުމާލެ ހޮސްޕިޓަލުން ގުޅާނީ 1417 އަށް!

ad image

ގުޅުންހުރި ލިޔުންތައް

އާސަންދަ ސްކީމްގެ ދަށުން ހުޅުމާލެ ހޮސްޕިޓަލުން އަހަރަކު ދެފަހަރު މެޑިކަލް ޗެކަޕް ހެދުމުގެ ޚިދުމަތް ހޯދުމަށް ގުޅާނީ 1417 ނަމްބަރަށް ކަމަށް އެ ހޮސްޕިޓަލުން ބުނެފިއެވެ. އެގޮތުން 50 އަހަރުން މަތީގެ ދިވެހިންގެ ތެރެއިން މެޑިކަލްޗެކްއަޕް ހަދަން ބޭނުންވާ ފަރާތްތަކުން 1417 އަށް ގުޅުމުން މެޑިކަލްޗެކްއަޕް ހެދުމުގެ އިންތިޒާމު ހަމަޖެހިގެންދާނެ ކަމަށް ހުޅުމާލެ ހޮސްޕިޓަލުން ހާމަކުރެއެވެ.

އެ ހޮސްޕިޓަލުން ބުނީ ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 10:00 އަކުން 12:00 އަށް ޖީޕީ ކްލިނިކުން މި ހިދުމަތް ލިބިގެންދާނެ ކަމަށެވެ. އަދި ހުޅުމާލެ ފޭސް ދެއަކުން މި ހިދުމަތް ލިބޭނީ އެޗް ސޯޅައިގެ ގުރައުންޑް ފްލޯއިން ކަމަށްވެސް އެ ހޮސްޕިޓަލުން ހާމަކުރެއެވެ.

އާސަންދަ މެދުވެރިކޮށް މެޑިކަލް ހެދޭނެ އިންތިޒާމު ހަމަޖެހިގެން ދިޔައިރު ފުރަތަމަ މިޚިދުމަތް ހުޅުވާލީ އުމުރުން 50 އަހަރުން މަތީގެ މީހުންނަށެވެ. އަދި ކުރިއަށް އޮތްތަނުގައި ހުރިހާ ޢުމުރަކަށްވެސް ހުޅުވާލާނެކަމަށް ސަރުކާރުން ހާމަކޮށްފައިވެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ