- Advertisement -ad image

ހުޅުމާލޭގެ މައްސަލަތަށް ހައްލުކޮށްދެއްވުމަށް އާޒިމާ ދޮރުންދޮރަށް!

ad image

ގުޅުންހުރި ލިޔުންތައް

މާލެ ސިޓީ މޭއަރު ކަމަށް ޕީޕީއެމް، ޕީއެންސީގެ ފަރާތުން ވާދަކުރައްވާ ކެންޑިޑޭޓް އައިޝަތު އާޒިމާ ޝަކޫރު ހުޅުމާލޭގެ ސަރަހައްދު ތަކުގައި ދޮރުން ދޮރަށް ހިންގަވައި ރައްޔިތުންގެ އަޑު އައްސަވައި ކެމްޕޭން ކުރައްވައިފި އެވެ.

 އާޒިމާ އާއެކު މި ކެމްޕޭނުގައި ޓޫރިޒަމް މިނިސްޓަރ ފައިސަލް ވެސް ވަނީ ބައިވެރިވެވަޑައިގެންފަ އެވެ.

މި ހަރަކާތާއި ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން މނިސްޓަރ ފައިސަލް ވިދާޅުވީ އާޒިމާއަކީ ސަރުކާރު އޮފީސްތަކުގައި ވެސް ފާހަގަކޮއްލެވޭ މަސައްކަތްތަކެއް ކުރައްވާފައިވާ ކަނބަލެއް ކަމަށެވެ. އަދި އެކަމަނާ އަކީ ވަރަށް ތަޖުރިބާ ހުރި ކެންޑިޑޭޓެއްކަމަށް ވެސް ވިދާޅުވެފައި ވެއެވެ.

މީގެއިތުރުން މާލޭގައި ހުރި ބޮޑެތި މައްސަލަތައް ހައްލު ކުރެވޭނީ އާޒިމާ ފަދަ ތަޢުލީމީ ގާބިލު ތަޖުރިބާކާރު ބޭފުޅަކު މާލޭގެ މޭޔަރު ކަމަށް އިންތިހާބު ކޮށްގެން ކަމަށްމިނިސްޓަރު ފައިސަލް ވަނީ ވިދާޅުވެފަ އެވެ.

އިއްޔެގައި ހުޅުމާލޭގައި ކުރިއަށް ގެންދިޔަ މި ހަރަކާތަށް ވަނީ ހޫނު ތަރުހީބެއް ލިބިފަ އެވެ. މީގެއިތުރުން އާޒިމާވަނީ ހޮނިހިރު ދުވަހު ރާއްޖެއަށް ކުރި ގަދަ ވިއްސާރައިގައި މާލޭ ސަރަހައްދުން ގެއްލުން ލިބުނު ގޭގެއަށް ޒިޔާރަތްކުރައްވާ ހާލަތު ބައްލަވާލައްވާފަ އެވެ.

އާޒިމާއަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ފުރިހަމަ ތާއީދާއެކު މިސަރުކާރު ހިންގާ ޕީޕީއެމް، ޕީއެންސީގެ ފަރާތުން މޭޔަރު އިންތިހާބުގައި ވާދަކުރައްވާ ކެންޑިޑޭޓެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ