މާލެ ސަރަހައްދުން ގޯތި އަދި ފްލެޓް ލިބުނު ފަރާތްތަކަށް ރަޖިސްޓްރީ ހަވާލުކުރުމުގެ މަސައްކަތް މިހަފުތާ އަދި ފެށޭ ހަފުތާގައި ހައުސިން މިނިސްޓްރީން ކުރިއަށް ގެންދާނެ ކަމަށް ރައީސުލްޖުމުހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. ރައީސް ޑރ މުއިއްޒު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ގޯތި އަދި ފްލެޓް ލިބޭނެ ކަމަށް ފައިނަލް ލިސްޓްގައި ހިމެނި ގެޒެޓް ކޮށްފައިވާ ފަރާތްތަކަށް ރަޖިސްޓްރީ ހަދައިދީ ގޯތި އަދި ފްލެޓް ހަވާލު ކުރުމަކީ އެމަނިކުފާނު ވައުދުވީ ގޮތަށް ކުރިއަށްދާނެ ކަމެއް ކަމަށެވެ.
އަދި މި ހަފުތާ އާއި މިއަންނަ ހަފުތާތެރޭ ރަޖިސްޓްރީ ހަވާލުނުކޮށް ނިންމުމުގެ މަސައްކަތް ހައުސިން މިނިސްޓްރީން ކުރިއަށް ގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
“ގޯތި ދީފައިވާ ބައެއް ތަންތަނަކީ ނުހިންކާ ހުރި ތަންތަން ކަމުން އެތަންތަން ހިއްކުމުގެ މަސައްކަތް ބާރަށް ކުރިއަށް ދާކަންވެސް ފާހަގަކޮށްލަން ” ރައީސް ވިދާޅުވިއެވެ.
ރައީސް ޑރ މުއިއްޒު އިތުރަށް ވިދާޅުވީ ގުޅީފަޅާއި ގިރާވަރުފަޅުން އިތުރު ބިން ހިއްކުމަށްވެސް ދަނީ ތައްޔާރުވަމުން ކަމަށެވެ.



