- Advertisement -ad image

އަޅުގަނޑުމެންގެ ޕްލޭނާއި ވިސްނުމާއި ދުރު ބަޔަކަށް ފުރުސަތުދީފިނަމަ ތަރައްގީގެ ފިޔަވަޅު ފަހަތު ފަޔަށް ސޮއްސާލާނެ: ނައިބު ރައީސް

ad image

ގުޅުންހުރި ލިޔުންތައް

ތަރައްގީ ކުރެވޭނީ ތަރައްގީގެ ވިސްނުމުގެ ހިޔާލާތާއި ފިކުރު ގެންގުޅޭ ބަޔަކާއި ގުޅިގެން މަސައްކަތްކޮށްގެން ކަމަށް ނައިބު ރައީސް އަލްއުސްތާޒް ހުސެއިން މުހައްމަދު ލަތީފު ވިދާޅުވެއްޖެއެވެ. މި މަހުގެ 13 ގައި ބާއްވާ މާލޭގެ މޭޔަރުކަމުގެ އިންތިހާބުގައި ޕީއެންސީގެ ފަރާތުން ނުކުންނަވާފައިވާ ކުރީގެ ބަންޑާރަ ނައިބު އާއިޝަތު އާޒިމާ ޝަކޫރުގެ ކެމްޕެއިން ހަފުލާގައި ވާހަކަފުޅު ދައްކަވަމުން ނައިބު ރައީސް ވިދާޅުވީ، ތަރައްގީގެ ވިސްނުމާ ދުރު ބަޔަކަށް ފުރުސަތު ދީފި ނަމަ ޕީޕީއެމް/ޕީއެންސީން ގެންގުޅޭ ތަރައްގީގެ ކަންކަން ފަހަތަށް ސޮއްސައިލާނެ އެވެ.

އަދި ރައީސް ޑރ. މުއިއްޒާ އެކު ދިވެހިން ތިބެއްޖެ ނަމަ ދިވެހިންނަށް ތަރައްގީ ހާއްސަގޮތެއްގައި ބޯހިޔާވަހިކަން ރައީސްގެ ވައުދާ އެކު ކުރިއަށް ގެންދަވާނެ ކަމަށެވެ. ނައިބު ރައީސް ވިދާޅުވީ، މާލޭގެ މޭޔަރުގެ މަގާމުގައި މިހާރުގެ ރައީސް ޑރ. މުއިއްޒު ހުންނެވި ދެ އަހަރާއި ހަ މަސް ދުވަހުގެ ތެރޭގައި ބޮޑު ސަރުކާރެއްގެ ފިއްތުންތަކާ އެކު ވެސް މާލެ އަށް ބޮޑެތި ބަދަލުތަކެއް ގެނެސްދެއްވި ކަމަށެވެ.

ނައިބުރައީސް އިތުރަށް ވިދާޅުވީ މާލޭގެ މޭޔަރުކަމަށް މިހާރު ވާދަކުރައްވާ ބައެއް ކެންޑިޑޭޓުން ވެސް ރައީސް ޑރ. މުއިއްޒުގެ ތަސައްވުރު ގަބޫލު ކުރައްވައި އެ ކަންކަން ކޮންމެހެން ވެސް ތަންފީޒު ކުރަންޖެހޭ ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ. އެކަމަކު، އާޒިމާއާ ވާދަކުރައްވާ ކޮންމެ ބޭފުޅަކު ވެސް ވަކާލާތު ކުރައްވަނީ ވަރަށް ވަރުގަދަ އަސާސެއްގެ މަތީގައި ދެމިތިބި ކަމަށް ވީ ނަމަވެސް ފެންނަނީ އެ މަންޒަރު ނޫން ކަމަށް ނައިބު ރައީސް ވިދާޅުވި އެވެ. އެހެންވެ، ސިޔާސީ ބޭނުމަށްޓަކައި އެ ގޮތަށް ދައްކަވާ ވާހަކަތަކާ އެކު، މާޒީ އާއި މިހާރު ވެސް އެ ޕާޓީތަކުން ކަންކަން ކުރާ އުސޫލުތަކަށް ބަލަންޖެހޭ ކަމަށް ނައިބު ރައީސް ވިދާޅުވި އެވެ.

އެގޮތުން މަޖިލީހުގެ މެޖޯރިޓީ އެމްޑިޕީގައި އޮތުމުން ރައީސް ޑރ މުއިއްޒުގެ ވަޒީރުންނަށް ރުހުންނުދީ މަޖިލީހުގެ މެންބަރުންގެ ނަން ހަޑިކޮށްލާފައިވާ ކަމަށްވެސް ނައިބު ރައީސް ވިދާޅުވިއެވެ. އެހެންކަމުން ރައީސް ޑޜ މުއިއްޒުގެ ފުރިހަމަ އިތުބާރާއެކު މޭޔަރުކަމަށް އާޒިމާ ވާދަކުރައްވަނީ ރައްޔިތުން ބޭނުންވާ ތަރައްގީ މާލެއަށް އަދި މުޅި ދިވެހިރައްޔިތުންނަށް ހޯދައިދިނުމަށް ކަމަށް ތަކުރާރުކޮށް ނައިބު ރައީސް ވިދާޅުވިއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ