- Advertisement -ad image

ހުޅުމާލެ ސެކްޓާ ބީ ސަރަހައްދުގައި އަޅަފައިވާ އުޅަނދުތައް ނެގުމަށް އެދިއްޖެ

ad image

ގުޅުންހުރި ލިޔުންތައް

ހުޅުމާލޭގައި ބިން ހިއްކުމުގެ މަސައްކަތް ކުރިއަށްދާތީ އެ ސަރަހައްދުގައި ހުރި އުޅަނދުތައް ނެގުމަށް އާބަންކޯގެ މެނޭޖިންގ ޑިރެކްޓަރު ފަޒުލް ރަޝީދު އެދިވަޑައިގެންފިއެވެ. ފަޒުލް ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ހުޅުމާލެ ސެކްޓާ ބީ ސަރަހައްދުގެ ބިން ހިއްކުމުގެ މަސައްކަތް ކުރަމުން ގެންދާކަމަށެވެ.

އެހެންވެ އެ ސަރަހައްދުގައި އަޅާފައިވާ ކާގޯ އުޅަނދުތައް ނެގުމަށް ފަޒުލް ވަނީ އެދިވަޑައިގެންފައެވެ.

މާލެ ރައްޔިތުންނަށް ގޯތި ދިނުމަށް ހުޅުމާލެ ފަޅު ތެރެއިން ފޭސް ތިނެއްގެ ދެވަނަ ބައި ހިއްކަން ފަށާފައިވަނީ 2023 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 30 ވަނަ ދުވަހުގައެވެ.

އެ މަސައްކަތް ފަށާފައިވާކަން ހާމަކުރައްވާ ފަޒުލް މީގެ ކުރިން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވި ފަދައިން އެ ތަނުން ގޯތި ލިބުނު ހުރިހާ ފަރާތްތަކަށް ގޯތި ދެއްވާނެ ކަމަށާއި ވެލިފުކެއްގެ މިންވަރު ވެސް އުނި ނުކޮށް އިތުރަށް ފުރިހަމަ ވެގެންދާނެ ކަމަށެވެ. ހުޅުމާލެ ފޭސް ތިނެއްގެ ދެވަނަ ބައިގެ ގޮތުގައި 53 ހެކްޓަރުގެ ބިން ހިއްކުމަށް ވަނީ ނިންމާފައެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ