- Advertisement -ad image

ހުރިހާ ފްލެޓެއްގެ ކުލި އަންނަ މަހުން ފެށިގެން ކުޑަކުރަން ނިންމައިފި

ad image

ގުޅުންހުރި ލިޔުންތައް


ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގައި ހުންނަ ސޯޝަލް ހައުސިންގެ ހުރިހާ ފްލެޓެއްގެ ކުލިން 20 އިންސައްތަ ކުޑަކުރަން ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު ނިންމަވައިފިއެވެ. ރައީސް މިކަން އިޢުލާންކުރެއްވީ ހުޅުމާލޭ ފޭސް 1ގައި އޮތް ސިޔާސީ ހަރަކާތެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ހުޅުމާލެ ފުރަތަމަ ފިޔަވަހީގެ ރައްޔިތުންނާ ބައްދަލު ކުރައްވައި ރައީސް ޑރ. މުޢިއްޒު ވިދާޅުވީ ގެދޮރުވެރިކަމަކީ ހުޅުމާލޭގެ އަސާސް ކަމަށެވެ. ހުޅުމާލޭގެ ގެދޮރުވެރިކަން އަތްފޯރާ ފަށަށް ގެނައުމަށް ބޭނުންފުޅުވަނީވެސް އެ ސަބަބާހުރެ ކަމަށާއި، ފްލެޓުތަކުގެ ޖޫރިމަނާ ކުޑަކުރުމަށް މި ސަރުކާރުން ނިންމީ ވެސް އެހެންވެކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވި ގޮތުގައި ހުޅުމާލެ ފުރަތަމަ ފިޔަވަހީގެ ފްލެޓުތަކުން ދޭން ނިންމަވާފައިވާ ލުއި އަންނަ މަހުން ފެށިގެން ލިބިގެންދާނެއެވެ.

ރައީސް ޑރ. މުޢިއްޒު ވިދާޅުވީ މި ލުއި ދޭން ނިންމެވީ ރާއްޖޭގެ އިގްތިސާދު ހުރި ގޮތުން ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ހީނަރުވެ، އާމްދަނީ ދަށްވެފައިވާތީ ސަރުކާރުން އެކަމުގައި ރައްޔިތުންނަށް އެހީތެރިވާން ބޭނުންވާތީ ކަމަށެވެ. ފްލެޓުތަކުގެ ކުލިން ލުއިކުރާ 20 އިންސައްތަ ސަރުކާރުން މެނޭޖް ކުރައްވާނެކަމަށްވެސް ރައީސް ވިދާޅުވިއެވެ.

އިޖްތިމާޢީ ބޯހިޔާވަހިކަމުގެ ހުރިހާ މަޝްރޫޢުއެއްގެ ފްލެޓުތަކުގެ ޖޫރިމަނާ މި ސަރުކާރުން ވަނީ އުވާލާފައެވެ. އަދި ނުދެއްކި ހުރި ކުލި ދެއްކުމަށް ފަސޭހަ ގޮތްތަކެއް، ހައުސިންގ ޑެވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) މެދުވެރިކޮށް ލިބިގެންދާނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ. އެހެންކަމުން، އެ ލުއިތަކާ އެއްގޮތަށް، ނުދެއްކި ހުރި ކުލި ދެއްކުމަށް ރައީސް އިލްތިމާސްކުރެއްވިއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ