- Advertisement -ad image

2026 އިން ފެށިގެން ދިރާސީ އަހަރު ފަށާނީ ޖެނުއަރީގައި: ސަރުކާރު

ad image

ގުޅުންހުރި ލިޔުންތައް


ދިރާސީ އައު އަހަރުގެ ކިޔެވުން ފެށޭ ތާރީޚު ކުރިން އޮތް ގޮތަށް ބަދަލު ކުރާނީ 2026 ވަނަ އަހަރުން ފެށިގެން ކަމަށް ސަރުކާރުން ހާމަކޮށްފިއެވެ.

މިއަދު އޮތް ވަޒީރުންގެ މަޖިލީހުގެ ނިންމެވުންތައް ހާމަކުރައްވަމުން ޕްރިންސިޕަލް ސެކްރެޓަރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕަބްލިކް ޕޮލިސީ އަބްދުﷲ ނާޡިމް ވިދާޅުވީ ޑިސެމްބަރު މަހު ބޮޑު ޗުއްޓީ ލިބޭ ގޮތަށް ބަދަލުކުރާނީ ކުރިއަށް އޮތް 2 އަހަރުގެ ދިރާސީ ކަލަންޑަރަށް ބަދަލު ގެނެސްގެން ކަމަށެވެ.
ނާޡިމް ވިދާޅުވީ ތަޢުލީމާ ބެހޭ ވުޒާރާއިން ހުށަހެޅުއްވި ކަރުދާހަށް ވަޒީރުންގެ މަޖިލީހުގައި މަޝްވަރާ ކުރެއްވުމަށްފަހު ދިރާސީ އައު އަހަރު ފެށޭ ދުވަސް ބަދަލުކުރަން ނިންމާ 2025 ވަނަ އަހަރުގެ ޑިސެމްބަރު މަހު ދަރިވަރުންނަށް ބޮޑު ޗުއްޓީ ލިބިގެންދާނެ ކަމަށެވެ. އަދި 2026 ވަނަ އަހަރުގެ ދިރާސީ އަހަރުގެ ކިޔެވުން ފެށޭނީ ޖެނުއަރީ މަހުގައި ކަމަށް ނާޡިމް ވިދާޅުވިއެވެ.

ސަރުކާރުން ގެންނަ ބަދަލާއެކު ކުރިއެކޭ އެއްގޮތަށް ޖުލައި މަހުގައި ތިން ހަފުތާ އަދި ޑިސެމްބަރު މަހު ހަތަރު ހަފުތާގެ ޗުއްޓީއެއް ދަރިވަރުންނަށް ލިބިގެންދާނެ ކަމަށް ނާޡިމް ވިދާޅުވިއެވެ. އެ ބަދަލު ގެންނަނީ ދަރިވަރުންގެ ކިޔެވުމަށް ދަތިނުވާ ގޮތަށް ރޭވިގެން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

“މިކަން ކުރުމަށް ރޭވިފައިވަނީ ކުއްލިއަކަށް އެބަދަލު ގެނައުމުގެ ބަދަލުގައި ތައުލީމީ ކަލަންޑަރަށް ގެނެވޭ އިސްލާހުތަކަކާއެކު ކުރިއަށް އޮތް ދެ އަހަރު ތެރޭގައި މިއަށް ހައްލު ލިބޭ ގޮތަށް. އެއީ ދަރިވަރުންގެ ކިޔެވުމަށް މިކަމުގެ ސަބަބުން ބޮޑެތި ގޮންޖެހުންތަކެއް ނުވަތަ އުނދަގޫތަކެއް ކުރިމަތިނުވާނެ ގޮތެއްގެ މަތިން” ނާޡިމް ވިދާޅުވިއެވެ.

ދިރާސީ އައު އަހަރު ފެށޭ ތާރީޚު ކުރިން އޮތް ގޮތަށް ބަދަލު ކުރުމަށް ސަރުކާރުން ނިންމީ ތަޢުލީމާ ބެހޭ ވުޒާރާއިން ކަމާ ގުޅުންހުރި ފަރާތްތަކާއެކު މަޝްވަރާ ކުރައްވައިގެންކަން ނާޡިމް ވިދާޅުވިއެވެ.

ދިރާސީ އަހަރު ފަށާ ދުވަސްވަރު ބަދަލުކޮށްފައިވަނީ، 2021 ވަނަ އަހަރެވެ. ކޯވިޑްގެ ޙާލަތުގައި އަހަރަކާއި ހަ މަހަށް، 2020 ވަނަ އަހަރުގެ ދިރާސީ އަހަރު ދިގު ދަންމާލުމަށްފަހުގައި، 2021 ވަނަ އަހަރުގެ ދިރާސީ އަހަރު ފެށީ، އެ އަހަރު އޮގަސްޓް 10ވަނަ ދުވަހުއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ