- Advertisement -ad image

މިއަހަރުގެ ދިރާސީ އައު އަހަރު ފަށާނީ މެއި 26 ގައި

ad image

ގުޅުންހުރި ލިޔުންތައް


އެކެޑަމިކް ކަލަންޑަރަށް ބޮޑެތި ބަދަލުތަކެއް ގެނެސް ދިރާސީ އައު އަހަރު މެއި 26 ގައި ފަށާގޮތަށް ހަމަޖައްސައިފިއެވެ.
އެގޮތުން ރަމަޟާންމަހުގެ ފަހު 10 ބަންދުވުމާއެކު ސްކޫލްތައްވެސް އެދުވަސްތަކުގައި ބަންދުކުރުމަށް ވަނީ ނިންމާފައެވެ. ތަޢުލީމީ ވުޒާރާއިން އެކެޑަމިކް ކަލަންޑަރަށް ގެނެސްފައިވާ ބަދަލުތަކާއެކު ހިނގަމުންމިދާ 2023 ވަނަ އަހަރުގެ ދިރާސީ އަހަރުގެ ދެވަނަ ޓާމުގެ ކިޔެވުން ނިމޭ ތާރީޚާއި، 2024 އަހަރުގެ ދިރާސީ އަހަރުގެ ކިޔެވުން ފެށޭ ތާރީޚަށްވެސް ވަނީ ބަދަލުތަކެއް ގެނެސްފައެވެ.

ތަޢުލީމީ ވުޒާރާއިން އެކެޑަމިކް ކަލަންޑަރަށް ގެނައި ބަދަލުތަކަށްބަލާއިރު، މިމަހުގެ 7 ވަނަ ދުވަހު ކިޔެވުން ފެށުނު 2023 ވަނަ އަހަރުގެ ދިރާސީ އަހަރުގެ ދެވަނަ ޓާމުގެ ކިޔެވުން ނިމޭނީ، 30 އޭޕްރީލް 2024 ގައެވެ. ކުރިން ދެވަނަ ޓާމުގެ ކިޔެވުން ނިމޭގޮތަށް އޮތީ 13 ޖޫން 2024 ގައެވެ.

ރަމަޟާންމަހުގެ ފަހު 10 ސަރުކާރު ބަންދުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމެވި ނިންމެވުމާގުޅިގެން ރަމަޟާންމަހުގެ ފަހު 10 ހިމެނޭހެން ފިޠުރު ޢީދު ބަންދު 3 ދުވަހާއެކު 31 މާރިޗު 2024 ފެށިގެން 12 އޭޕްރީލް 2024 އަށް މިޑް ޓާމް ބްރޭކެއް ދަރިވަރުންނާއި މުދައްރިސުންނަށް ލިބޭނެއެވެ.
މިހާރުގެ އެކެޑަމިކް ކަލަންޑަރުގައިވާގޮތުން ދެވަނަ ޓާމުގެ ކިޔެވުން ނިންމާ ދަރިވަރުން އަހަރީ ޗުއްޓީއަށްދާނީ 2 މެއި 2024 ގައެވެ. ކުރިން އަހަރީ ޗުއްޓީއަށްދާގޮތަށް އޮތީ 16 ޖޫން 2024 ގައެވެ. ގާތްގަނޑަކަށް 3 ހަފްތާގެ ޗުއްޓީއަކަށްފަހު ދިރާސީ އައު އަހަރުގެ ކިޔެވުން ފެށުމަށް ޓީޗަރުން ސްކޫލްތަކަށް ރިޕޯޓްވާންޖެހޭނީ 22 މެއި 2024 ގައެވެ. އަދި ދިރާސީ އައު އަހަރުގެ ކިޔެވުން ފެށޭނީ 26 މެއި 2024 ގައެވެ. ދިރާސީ އައު އަހަރުގެ ކިޔެވުން ކުރިން ފަށާގޮތަށް އޮތީ 31 ޖުލައި 2024 ގައެވެ.
ކަލަންޑަރަށް ގެނައި ބަދަލުތަކާއެކު ދެވަނަ ޓާމުގައި ދަރިވަރުން ކިޔަވާނީ ޖުމްލަ 78 ދުވަހުއެވެ. ކުރިން އޮތީ 108 ދުވަހު ކިޔަވާގޮތަށެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ