- Advertisement -ad image

ވަގުތީ ފޮސްޓަރިންނަށް ޝައުގުވެރިވާ ފަރާތްތަކަށް ހާއްސަ ސެޝަންއެއް ބާއްވަނީ

ad image

ގުޅުންހުރި ލިޔުންތައް


ވަގުތީ ފޮސްޓަރިންނަށް ޝައުގުވެރިވެ ވަޑައިގަންނަވާ ފަތާތްތަކަށް ހާއްސަ ސެޝަނެއް ބޭއްވުމަށް މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމިލީއިން ނިންމައިފިއެވެ.
އެ މިނިސްޓްރީން ބުނީ ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި ކޮންމެ ކުއްޖަކީވެސް ލޯބިވާ ޢާއިލާއަކާއި އެކު ބޮޑުވުމުގެ ފުރުޞަތު ލިބެންޖެހޭ ކުއްޖެއް ކަމަށެވެ.

އަދި އެކުދިންނަށް ޢާއިލީ ވެއްޓެއްގައި ބޮޑުވުމުގެ ފުރުޞަތު ހޯދައިދިނުމަކީ އަހަރުމެން އެންމެން ގުޅިގެން ކުރާ ކަމަކަށް ހަދަން ބޭނުންވާތީ ކަމަށް އެ މިނިސްޓްރީން ހާމަކުރެއެވެ.

އެގޮތުން ވަގުތީ ފޮސްޓަރިންނަށް ޝައުގުވެރިވެ ވަޑައިގަންނަވާ ފަރާތްތަކަށް މިކަމާ ގުޅޭ މަޢުލޫމާތު ދިނުމަށް މިމަހުގެ 10 ވަނަ ދުވަހުގެ ރޭ ހާއްސަ ސެޝަނެއް ބޭއްވުމަށް ވަނީ އެ މިނިސްޓްރީން ނިންމާފައެވެ.
މި ބައްދަލުވުން އޮންނާނީ ދިވެހި ރާއްޖޭގެ ގައުމީ ޔުނިވަރސިޓީގައި ބުދަ ދުވަހުގެ ރޭ 9 ޖަހާއިރުއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ