- Advertisement -ad image

ސަރުކާރަށް ތާއިދު ކުރައްވާ މޭޔަރަކު ހޮވުމަކީ ވަރަށް މުހިންމުކަމެއް: ރައީސް

ad image

ގުޅުންހުރި ލިޔުންތައް


މާލޭގެ ތަރައްޤީއަށްޓަކައި ރައްޔިތުން އެދޭ އެންމެ މުހިންމު ކަންކަން، ސަރުކާރާއި ގުޅިގެން، ސަރުކާރާއި ރައްޔިތުންގެ މެދުވެރިއަކަށްވާ ރައްޔިތުންގެ ފަރާތުން ހުންނާނެ، މޭޔަރަކު ހޮވުމަކީ ވަރަށް ބޮޑަށް އެދޭކަމެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިގޮތަށް ވިދާޅުވީ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ މާލޭ މޭޔަރު ބައި-އިލެކްޝަނާއި ގުޅޭގޮތުން ޗައިނާގައި ހުންނަވާ ދެއްވި ޚާއްސަ ވީޑިއޯ މެސެޖެއްގައެވެ.
މި މެސެޖުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، އެމަނިކުފާނު މޭޔަރަކަށް ހުންނެވިއިރު، އޭރުގެ ސަރުކާރުން އެއްބާރުލުންނުދީގެން ވަރަށް ގިނަ ކަންތައްތަކެއް މާލޭގެ ރައްޔިތުންނަށް ނުވެފައިހުރި ކަމަށެވެ. އަދި މާޒީގައިވެސް ފެނިފައިވަނީ ސަރުކާރާއި ދެކޮޅު ކެންޑިޑޭޓަކު ހޮވައިފިނަމަ، މާލޭގެ ރައްޔިތުންނަށް ހިތި މަންޒަރުތަކެއްކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، މި ސަރުކާރު ވެރިކަމާއި ހަވާލުވީ މާލޭގެ ރައްޔިތުންނަށް ކުރިމަތިވެފައިހުރި ބޮޑެތި މައްސަލަތަކަށް ހައްލު ހޯއްދަވައިދެއްވުމަށްކަމަށެވެ. އަދި މި މައްސަލަތަކަށް ހައްލު ހޯއްދެވުމަށް ސަރުކާރުން ވިސްނަނީ ލާމަރުކަޒީ ނިޒާމުގެ ތެރެއިން ކަމަށާއި، އެހެންކަމުން މޭޔަރަކު އިންތިޚާބުކުރުމަށް ވޯޓުދެއްވާއިރު، ވިސްނަވާފާ ވޯޓު ދެއްވުމަކީ ވަރަށް މުހިންމުކަމެއްކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް މުޢިއްޒު ވިދާޅުވީ، މޭޔަރު އިންތިޚާބުގައި ވާދަކުރައްވާ ކެންޑިޑޭޓް، ކެންޑިޑޭޓް ނަންބަރު 3 އަލްއުސްތާޛާ ޢާޒިމާ ޝަކޫރަކީ އެމަނިކުފާނުގެ ފުރިހަމަ އިތުބާރު އޮތް ކެންޑިޑޭޓެއްކަމަށެވެ. އަދި އެމަނިކުފާނު މާލޭގެ ސަރަޙައްދަށް ގެންގުޅުއްވާ ތަޞައްވުރު ތަންފީޒުކުރުމުގައި ސަރުކާރަށް ފުރިހަމަ އެއްބާރުލުން ދެއްވާނެ ކެންޑިޑޭޓަކީވެސް ޢާޒިމާ ޝަކޫރުކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، އެމަނިކުފާނު ވަޢުދުވެވަޑައިގެންގޮތަށް ހުޅުމާލޭގެ މުނިސިޕަލް ޚިދުމަތްތައް މާލެ ސިޓީ ކައުންސިލްގެ ދަށަށް ބަދަލުކުރައްވާފައިކަމަށާއި، ހުޅުމާލޭގައި އުޅޭ ރައްޔިތުންނަށްވެސް، ހުޅުމާލޭގައި ހުރި މައްސަލަތަކަށް ހައްލެއް ލިބިގެންދާނީ ސަރުކާރާއި އެއްކޮށް މަސައްކަތްކުރާނެ ކެންޑިޑޭޓެއް ހޮވިގެން ކަމަށެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ