- Advertisement -ad image

ގަދަވައިގެ ސަބަބުން އެމްޑަބްލިއުއެސްސީގެ ހޮޅިއެއް ވެއްޓިއްޖެ

ad image

ގުޅުންހުރި ލިޔުންތައް


މާލެއަށް ކުރަމުންދާ ވިއްސާރައިގަ މާލޭ ވޯޓަރ އެންޑް ސެވަރޭޖު ކޮމްޕެނީ ލިމިޓެޑް (އެމްޑަބްލިއުއެސްސީ) ގެ ޕަމްޕް ސްޓޭޝަންގެ ވަސް ހޮޅިއެއް ވެއްޓި ގެއްލުންތަކެއްވެއްޖެއެވެ.
އެމްޑަބްލިއުއެސްސީން ބުނީ މާލެއަށް ކުރަމުންދާ ވިއްސާރަޔާ ގަދަ ވައިގެ ސަބަބުން އެކުންފުނީގެ 8 ނަމްބަރ ޕަމްޕް ސްޓޭޝަންގެ ވަސްހޮޅި ވެއްޓި ގެއްލުންތަކެއްވަނީ ވެފަ ކަމަށެވެ.
އަދި މިކަމުގެ ސަބަބުން ލިބުނު ގެއްލުންތައްބަލާ މަރާމާތު ކުރުމުގެ މަސައްކަތް މިހާރުވަނީ ފަށާފައި ކަމަށްވެސް އެ ކުންފުނިން ހާމަކުރެއެވެ.
މިކަމުގެ ސަބަބުން ކުންފުނިންދޭ ޚިދުމަތަށް ބުރުލެއްނާރާނެ ކަމަށްވެސް އެ ކުންފުނިން ހާމަކުރެއެވެ.
މޫސުމާބެހޭ ގައުމީ އިދާރާއިން ވަނީ މާލެ ސިޓީ ހިމެނޭގޮތުން 11 އަތޮޅަކަށް މިހާރުވެސް ހުދު ސަމާލު ނެރެފައެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ