- Advertisement -ad image

މާލެއިން އެކަނި 9 ހާސް ޓަނުގެ ފެން ހިންދައިފި

ad image

ގުޅުންހުރި ލިޔުންތައް


މާލެއިން އެކަނި މިއަދު 9 ހާސް ޓަނުގެ ފެން، ޕަންޕު ބޭނުންކޮށްގެން ހިންދާފައިވާ ކަމަށް އެމްއެންޑީއެފުން ބުނެފިއެވެ.
އެމްއެންޑީއެފުން ބުނީ މާލެއަށް ބޯކޮށް ވާރޭވެހި، ފެންބޮޑުވުމާ ގުޅިގެން ފެން ހިންދުމަށް މިއަދު ހެނދުނުން ފެށިގެން ކުރަމުންދާ މަސައްކަތުން 9306 ޓަނުގެ ފެން ހިންދާފައިވާ ކަމަށެވެ.
ފެންބޮޑުވުމާ ގުޅިގެން، މަޖީދީމަގުގައި ޕަންޕު ނުޖެއްސޭ ސަރަހައްދުތަކުގައި ހުރި ފެންގަނޑުތައް، ސަބްމަރސިބަލް ޕަންޕު ބޭނުންކޮށްގެން މާލެ ސިޓީ ކައުންސިލްގެ ބައުޒަރަށް ލޯޑް ކުރުމުގެ މަސައްކަތް ވެސް ސިފައިން ވަނީ މިއަދު ކޮށްފައެވެ.
މިއަދު މާލެއަށް ބޯކޮށް ވާރޭވެހި، ފެންބޮޑުވުމާ ގުޅިގެން ބައެއް ގެތަކަށް ފެން ވަންނަމުންދާތީ، އެމްއެންޑީއެފް މާލެ އޭރިއާ ކޮމާންޑުގެ ސިފައިން، ވަނީ ވެލިބަސްތާ ޖެހުމަށްވެސް އެހީތެރިވެފައެވެ.
ވިއްސާރައިގެ ސަބަބުން ލިބިދާނޭ ގެއްލުން ކުޑަކުރުމަށް ދުރާލާ ފިޔަވަޅުއެޅުމަށް ކަމާބެހޭ ފަރާތްތަކުން އިލްތިމާސްކުރެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ