- Advertisement -ad image

މާލޭ ސިޓީ ކައުންސިލް ބައި އިލެކްޝަންގެ ވޯޓުލުން ފަށައިފި

ad image

ގުޅުންހުރި ލިޔުންތައް


ހުސްވެފައިވާ މާލެ ސިޓީ ކައުންސިލްގެ ތިން ދާއިރާގެ ކައުންސިލަރުން އިންތިހާބު ކުރުމާއި މާލެ ސިޓީއަށް މޭޔަރަކު އިންތިހާބު ކުރުމަށް ބާއްވާ އިންތިހާބުގެ ވޯޓުލުން ފަށައިފިއެވެ.
ވޯޓުލުން ފަށާފައިވަނީ މިއަދު ހެނދުނު 8 ޖެހިއިރުއެވެ.
މި އިންތިހާބުގައި ކައުންސިލަރުން ހޮވާނީ މާފަންނު ދެކުނު ދާއިރާއާއި މެދު ހެންވޭރު ދާއިރާއާއި ހެންވޭރު ދެކުނު ދާއިރާއަށެވެ.
އިލެކްޝަންސް ކޮމިޝަނުން ބުނީ މިއަދު ކުރިޔަށްދާ މާލޭސިޓީ މޭޔަރ އަދި ކައުންސިލަރުންގެ ބައި-އިލެކްޝަން ގައި، 54,680 މީހުންނަށް ވޯޓުލުމުގެ ހައްޤު ލިބިފައިވާ ކަމަށެވެ.
‏މިއަދުގެ އިންތިހާބުގައި މާލެ ސިޓީ ކައުންސިލްގެ ބައި އިލެކްޝަންތަކަށް 55 ވޯޓު ފޮށި ވަނީ ބަހައްޓާފައެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނެފައިވަނީ މިއަދުގެ ބައި އިލެކްޝަނުގެ ވޯޓުލުން ހެނދުނު 8:00ން ފެށިގެން ހަވީރު 5:00އާ ހަމައަށް ކުރިއަށްދާނެ ކަމަށެވެ. މޫސުން ގޯސްވުމުގެ ސަބަބުން އީސީން ވަނީ ވޯޓުލާން އެއް ގަޑިއިރު އިތުރުކޮށްފައެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ