- Advertisement -ad image

މިއަދު ބައެއް ސަރަހައްދުތަކަށް އުދަ އަރާފާނެ: މެޓް

ad image

ގުޅުންހުރި ލިޔުންތައް

ލިޔުނީ:މަރްޔަމް އަދީލާ

މިއަދު ރާއްޖޭގެ ބައެއް ސަރަހައްދުތަކަށް އުދައަރާފާނެ ކަމަށް ރާއްޖޭގެ މޫސުމާއި ބެހޭ ގައުމީ އިދާރާ (މެޓް) އިން ބުނެފި އެވެ.

ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި ބައެއް ރަށްތަކަށް ބޯކާށް ވާރޭވެހި ގުގުރުން އެކަށީގެންވާ ކަމަށް މެޓުން ވަނީ ލަފާކޮށްފަ އެވެ. އަދި އިރާއި އިރުދެކުނުން ގަޑިއަކު 15 މޭލާއި 25 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށާއި، ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑކަށް 45 މޭލަށް ވައިގަދަވުން އެކަށީގެން ވާ ކަަމަށްވެސް ބުނެފައި ވެއެވެ.

މެޓް އޮފީހުން ލަފާކޮށްފައިވާގޮތުގައި، ކަނޑުތައް ގަދަވެ، ރާޅުގެ އުސްމިން 5-8 ފޫޓަށް އުފުލޭނެއެވެ.

އެހެންކަމުން ހުރިހާ ފަރާތްތަކުން، ހާއްސަކޮށް ކަނޑުދަތުރު ކުރަށްވާފަރާތްތަކުން މޫސުމަށް ސަމާލުވުމަށް ވަނީ އެދިފައެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ